
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވަނީ، މިސްކިތްތަކާއި އިސްލާމީ މަރުކަޒުތަކާއި ވަޤުފު އިމާރާތްތަކާއި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުތައް ހިމެނޭހެން، ބިލިޔަން ރުފިޔާގެ މަޝްރޫޢުތަކެއް މިހާރުވެސް ކުރިއަށްދާކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން މިވީ ދެ އަހަރު ދުވަހުގެ ތެރޭގައި 9 އިސްލާމީ މަރުކަޒު ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވާ އިރު، ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް އަތޮޅުތަކުގައި ތަރައްޤީކުރުމުގެ 5 މަޝްރޫޢުއެއް ވަނީ ފަށާފައެވެ. މީގެ އިތުރުން ސަރުކާރުން ބިނާކުރާ 44 މިސްކިތުގެ މަޝްރޫޢުއެއްވެސް ދަނީ ކުރިއަށެވެ.
ކޮންމެ ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒެއް ޤާއިމުކުރުމަކީ ރައީސްގެ ވައުދެއްކަން ފާހަގަކުރައްވައި، އިސްލާމީ މަރުކަޒުތަކާއި މިސްކިތްތައްވެސް ކްލާސްރޫމްތަކާއި ލައިބްރަރީތައް ހިމެނޭ ގޮތަށް ތަރައްޤީކުރާކަމަށް ވަޒީރު ވިދާޅުވިއެވެ. މާލެ ސަރަހައްދުގައި ހުރި ބާ މިސްކިތްތައް އަލުން ތަރައްޤީކޮށް، ގާތްގަނޑަކަށް 3 އަހަރުގެ ތެރޭގައި އެ ސަރަހައްދުގައި ހުންނާނީ އެންމެ ޒަމާނީ މިސްކިތްތައް ކަމުގައި އޭނާ ވިދާޅުވިއެވެ. ވަޤުފުގެ 4 މަޝްރޫޢުއެއް މާލޭ ސަރަޙައްދުގައި ފެށޭނެ ކަމަށާއި، އޭގެ ތެރޭގައި ދާރުލްއަރުޤަމްއާއި ކީރިތި ޤުރުއާނަށް ޚާއްސަ ވަޤުފު އިމާރާތާއި ހުޅުމާލޭގެ ދާރުލްސަލާމް ވަޤުފު އިމާރާތް ހިމެނޭނެއެވެ. އަތޮޅުތަކުގައި ކުރިއަށްގެންދާ ވަޤުފު މަޝްރޫޢުތަކުން ލިބޭ ފައިދާ، އެ އަތޮޅެއްގެ ނުވަތަ ސިޓީގެ ދީނީ ކަންކަމަށް ޚަރަދުކުރުމަށް ކައުންސިލްތަކާ ހަވާލުކުރެވޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މި މަޝްރޫޢުތަކުގެ އެންމެ ބޮޑު އަމާޒަކީ މިސްކިތްތަކުގެ ޚަރަދުތަކަށް ދައުލަތުގެ ބަޖެޓަށް ބަރޯސާ ނުވެ، މިފަދަ މަޝްރޫޢުތަކުން ލިބޭ ފައިދާއިން ހޭދަކުރުން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
