
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފާއިތުވި ދެ އަހަރަކީ ޓެނިހުގެ ބައިނަލްއަގްވަމީ މުބާރާތްތައް ރާއްޖޭގައި ބާއްވާ ރާއްޖޭގެ ޓެނިހަށް ކުރިއެރުންތަކެއް ލިބިގެންދިޔަ ދެ އަހަރު ކަމުން މިއީ މިކުޅިވަރު ކުރިއަރައިގެން ދިޔަކަމުގެ ވަރަށް އަލިގަދަ ހެއްކެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ. ކުޅިވަރު ވަޒީރު ވިދާޅުވީ ފަހަކަށް އައިސް ރާއްޖޭގެ ޓެނިސް ޓީމުން އަންނަނީ ވަރަށް ރަނގަޅަށް ޕަރފޯމް ކުރަމުން ކަމަށާއި، އެންމެ މެޗަކުންވެސް ބަލިނުވެ ބިލީޖީން ކިންގް ކަޕްގައި ފައިނަލާ ހަމައަށް ގުރޫޕުގެ އެއްވަނައިގައި ދިއުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. “މިއީ މިހާތަނަށް ޓެނިހުގައި ނުލިބި އޮތް ކާމިޔާބީއެއް. މިއީ ވަރަށް ބޮޑު ކުރިއެރުމެއް. ފެނިގެން ދިޔައީ ހުރިހާ މެޗުތަކުން މޮޅުވެގެން ފައިނަލަށް ދިޔަތަން” ވަޒީރު ވިދާޅުވިއެވެ.
ޓެނިހުގެ ކުރިއެރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ޓެނިސް ކުޅުންތެރިން ކުރިއަރަނީ ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ލިބި އެތަޖުރިބާ އެ ކުދިންނަށް ލިބިގެން ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ފުރަތަމަ ފަހަރަށް އޭޝިއަން ޓެނިސް ފެޑެރޭޝަންގެ މުބާރާތެއް ރާއްޖޭގައި ބޭއްވުމާއި، މިއަހަރު އޭޓީއެފްގެ ދެވަނަ މުބާރާތާއި، އަދި އައިޓީއެފްގެ މުބާރާތެއް މުޅިން އަލަށް ރާއްޖޭގައި ބޭއްވުން މިއީ ރާއްޖޭގެ ކުޅުންތެރިންނަށް އިންޓަނޭޝަނަލް އެކްސްޕޯޝަރ ލިބުނު މުބާރާތްތަކެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
“ގިނަ މުބާރާތްތަކުގައި ކޮމްޕެޓިޓިވްކޮށް ކުޅެގެން މިކަހަލަ ބޮޑު މުބާރާތަކުން އަޅުގަނޑުމެންނަށް އެއްޗެއް އެޗީވް ވަނީ. އެހެންވީމަ މިއީ އަޅުގަނޑު ދެކޭގޮތުގައި ހަމަ ކޮންޓިނިއަސް އެފަޓެއް އެސޯސިއޭޝަނުންނާއި އެތުލީޓުންނާއި އަދި އެކުދިންގެ މައިންބަފައިން ވަރަށް ބޮޑަށް ލައިގެން މިކަން މިވަނީ” ވަޒީރު ވިދާޅުވިއެވެ. އަންހެނުންގެ ޓެނިސް ވޯލްޑް ކަޕް ކަމުގައިވާ ބިލީޖީން ކިންގް ކަޕުގައި ރާއްޖެ ހިމެނޭ ގުރޫޕުގެ ރަނަރަޕްކަން ހޯދި ޓީމުގެ ކާމިޔާބީއަށް އިޝާރާތް ކުރައްވާ ވަޒީރު ވިދާޅުވީ މިނިސްޓްރީން އަބަދުވެސް އެތުލީޓުންނަށް ފުރިހަމައަށް އެއްބާރުލުންދޭނެ ކަމަށެވެ. އަދި ކުޅިވަރެއް ކުރިއަރުވަން ކުރާ މަސައްކަތުގައި މިނިސްޓްރީ އަބަދުވެސް އެތުލީޓުންގެ ފަހަތުގައި އޮންނާނެ ކަމަށެވެ.
އެހެންކަމުން ޓެނިހުގައި މިހާ ހިސާބަށް މި އާދެވުނީ އެންމެންގެ އެއްބާރުލުމާއި އެންމެންގެ ބުރަ މަސައްކަތުން ކަމަށް ވަޒީރު ވިދާޅުވިއެވެ. ރާއްޖޭގެ އަންހެން އަދި ފިރިހެން ޤައުމީ ޓެނިސް ޓީމުން އަންނަނީ ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ވާދަކޮށް ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
