
އޭނާ މި ސީޒަނުގައި 100 ގޯލު ޖެހި ނަމަވެސް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ނުވަތަ އެ މަގާމަށް ހޮވޭ ކުޅުންތެރިޔާ އަށް ދޭ ބަލޮންޑޯ އެވޯޑް ނުލިބޭނެ ކަމަށް އިނގިރޭސި ކެޕްޓަން ހެރީކޭން ބުނެފިއެވެ. ޖަރުމަނުގެ ބަޔާން މިއުނިކްގައި ވެސް މޮޅަށް ކުޅެ ގިނަ ގޯލުތަކެއް ޖަހަމުންދާ ފޯވަޑް ބުނީ އެ މަގާމު ހޯދެން އޮތީ ދެ ގޮތެއް ކަމަށެވެ. “އަހަރެން ބޭނުންވަނީ ވޯލްޑް ކަޕް ނުވަތަ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަން. އެ ނޫން ގޮތަކަށް އަހަރެން މި ސީޒަނުގައި 100 ގޯލު ޖެހިޔަސް އަހަރެންނަށް ބަލޮންޑޯއެއް ނުލިބޭނެ. އެއީ ޔަގީން ކަމެއް. އެހެންވީމާ އަހަރެން ވަރަށް ސަމާލުކަން ދޭ ދެ މުބާރާތް މިއީ،” ކޭން ބުންޏެވެ.
ކޭން އަކީ މިވަގުތު ޔޫރަޕުގައި ކުޅެމުންދާ އެންމެ ގޯލާ ރައްޓެހި އެއް ފޯވަޑެވެ. އޭނާ އާއި ބަޔާން މިއުނިކް ހަދާފައިވާ ކޮންޓްރެކްޓްގައި މި ސީޒަނަށް ފަހު އޮންނާނީ އެންމެ އަހަރެކެވެ. މިހެންވެ އޭނާ ގަތުމަށް ސްޕޭނުގެ ބާސެލޯނާއިން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން ކޭން ވަކި އެއްޗެއް ނުބުނެ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
