
އަންނަ ސީޒަނުން ފެށިގެން އިނގިރޭސި ޕްރެމިއާ ލީގުގެ ޓީމުތަކަށް ހައްދެއްނެތި ހޭދަ ނުކުރެވޭ ގޮތަށް ފާސްކޮށްފިއެވެ. ލީގުގައިވާ ވާދަ ކުރާ ޓީމުތަކުން މި ގޮތަށް ނިންމީ ހުކުރު ދުވަހު އެވެ. އައު ގަވާއިދުގައިވާ ގޮތުން ކުލަބުތަކަށް ދެން ހަރަދު ކުރެވޭބީ ފުޓްބޯޅައިން ލިބޭ އާމްދަނީގެ 85 ޕަސެންޓް ފައިސާ އެވެ. މީގެ ތެރޭގައި ކުޅުންތެރިން ވިއްކާލައިގެން ލިބޭ ފައިދާ ނުވަތަ ގެއްލުން ހިމެނޭނެ އެވެ. މީގެ އިތުރުން ކޮންމެ ކުލަބަކަށް 30 ޕަސެންޓްގެ ޑިސްކައުންޓެއް ދޭނެ އެވެ. އެކަމަކު ހޭދަ މިއަށްވުރެ މަތިވެއްޖެނަމަ އެ ޓީމަކުން ޕޮއިންޓް ކަނޑާނެ އެވެ. ނަމަވެސް އެއީ ކިތައް ޕޮއިންޓް ކަމެއް ނުނިންމަ އެވެ.
މީގެ އިތުރުން ޕްރެމިއާ ލީގުން ވަނީ އަމިއްލަ ކުލަބުގެ މުދާ އަމިއްލަ ކުލަބަށް ވިއްކުން ވެސް މަނާކޮށްފަ އެވެ. މި ގޮތަށް ހެދީ ކުލަބު ހިންގާ ކުންފުންޏަށް ކުލަބުގެ އަންހެން ޓީމާއި ކުލަބުގެ މުދަލުގެ ތެރޭގައި ހިމެނެ ހޮޓާފަދަ ތަކެތި ވިއްކާފައިވާތީ އެވެ. މި ބަދަލުތައް ގެނައުމަށް ނެގި ވޯޓުގައި ހަ ކުލަބަކުން ވޯޓު ދިނީ ދެކޮޅަށެވެ. އެއްކޮޅަށް ވީޓު ދޯގެން ބަދަލުތައް ފާސްކުރީ 14 ކުލަބުގެ ވޯޓުންނެވެ. އިނގިރޭސި ކުލަބުތަކުން މި ގޮތަށް ނިންމި މައިގަނޑު ސަބަބަކީ ލީގުގައި މިހާރު ހައްދެއްނެތި ހޭދަކުރެވޭ ގޮތަށް އޮތުމުން ކުލަބުތަކުގެ މެދުގައި އޮންނަ ހަމަހަމަކަން ނެތިދާތީ އެވެ.
ޕްރެމިއާ ލީގުން ބުނީ މިއީ ކުރިމަގަށް ވިސްނާފައި ދެމެހެއްޓެނިވި ގޮތެއް ލީގާއި ކުލަބުތަކަށް ކުރިއަށް ދެވޭނެ ގޮތެއް ހޯދައިދިނުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށެވެ. އަދި ފުޓްބޯޅައިގައި ހައްދެއްނެތި ހޭދަ ކުރަން ޖެހުމުން ކުލަބުތަކަށް ލިބޭ ގެއްލުން ބޮޑު ކަމަށާއި މިހާރު ވެސް ދަރަނީގައި ވާ ކުލަބުތައް މަދު ނޫން ކަމަށެވެ. ނަމަވެސް މި ބަދަލުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ޓީމުތަކުގެ ވާދަވެރިކަން އިތުރުވެފައި ފައިސާ މެނޭޖްކުރުމާއި އެނޫން ވެސް ގިނަ ކަންކަން ރަނގަޅު ވެގެންދާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
