
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އިންޑޮނޭޝިއާގެ ބަޓަމްގައި ބޭއްވި ވޯލްޑް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 ގައި ވާދަކޮށް 3 މެޑަލް ހާސިލްކޮށްގެން ރާއްޖެ އައި ގައުމީ ބޮޑީބިލްޑިން ޓީމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ވީއައިޕީ ލައުންޖުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ. 16 ވަނަ ވޯލްޑް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގައި ވާދަކުރި ޓީމަށް އެއަރޕޯޓުން މަރުހަބާ ދެންނެވީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރާއި އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސުންނެވެ. ގައުމީ ޓީމަށް މަރުހަބާ ދެންނެވުމަށްފަހު ކޮމިޝަނަރ ޠަލާލް ވިދާޅުވީ މިއީ ވަރަށް ހިތްވަރު ގަދަ އެތުލީޓުންތަކެއްކަމަށާއި، އެހެން ކުޅިވަރުތަކާއި ހިލާފަށް ބޮޑީބިލްޑިން ޓީމުން ކުރާ މަސައްކަތާއި ބަހައްޓާ ހާއްސަ ޑިސިޕްލިންތަކަކީ ބަލާ މީހުންނަށް ވަޒަންކޮށްލަންވެސް ނޭންގޭހާ ބުރަ ގުރުބާނީއެއް ކަމަށެވެ.
އެގޮތުން ވަކިގޮތަކަށް ކެއުން ބައްޓަން ކުރުން ފަދަ ކަންކަމުގައި އެ ގެންގުޅޭ އާދަތައް ހިފަހައްޓާ އެ ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރައްވާކަން ފާހަގަކުރައްވާ، ކުރިޔަށް އޮތްތަނުގައިވެސް ހޯދާ މެޑަލްތަކުގެ އަދަދު މިހާރަށްވުރެ ގިނަކުރުމަށް އެތުލީޓުންގެ ކިބައިން ޠަލާލް އެދިވަޑައިގެންނެވިއެވެ. “ތި ކުރާ ސެކްރިފައިސްއާއި ތި ޑިސިޕްލިން މެއިންޓެއިން ކުރުން އެއީ ވަރަށް ބުރަކަމެއް. ވަރަށް ވެލިއު ކުރެވޭ. ތިޔަ އެތުލީޓުންގެ މަސައްކަތަށް ސަރުކާރުން ދޭން ޖެހޭ އެއްބާރުލުން ފުރިހަމައަށް ލިބޭނެ. ކުރިޔަށް ހުރި މުބާރާތްތަކުންވެސް އިތުރު ކާމިޔާބީއަށް އުންމީދު ކުރާ ވާހަކަވެސް ބުނެލަން” ޠަލާލް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ވޯލްޑް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގައި މިއަހަރު ރާއްޖެއަށް ރަން މެޑަލް ހޯދާދިނީ އަޒްނީން ރަޝާދުއެވެ. އޭނާ ވާދަކޮށްފަވަނީ ފިރިހެނުންގެ ސްޕޯޓްސް ފިޒީކް އަޕް ޓު 170 ސެންޓިމީޓަރު ކެޓަގަރީގައެވެ. މިއީ އަޒްނީން ހޯދި ބައިނަލްއަގްވާމީ 10 ވަނަ ރަން މެޑަލެވެ. މިމުބާރާތުން ރާއްޖޭގެ ޢަލީ މަބްރޫކް ލަޠީފް ވަނީ ރިހިމެޑަލް ހޯދާފައެވެ. އޭނާ ވާދަކޮށްފަވަނީ ފިރިހެނުންގެ ސްޕޯޓްސް ފިޒީކް އަޕް ޓު 180 ސެންޓިމީޓަރު ކެޓަގަރީގައެވެ. އަދި ރާއްޖޭގެ މަނާފް ވަހީދު ވަނީ ފިރިހެނުންގެ ސްޕޯޓްސް ފިޒީކް އަޕް ޓު 167 ސެންޓިމީޓަރު ކެޓަގަރީގައި ވާދަކޮށް ލޯ މެޑަލް ހާސިލްކޮށްފިއެވެ.
އެމްއޯސީގެ ރައީސްގެ ވަނީ ރާއްޖެއަށް ގައުމީ ބޮޑީބިލްޑިން ޓީމުން ވޯލްޑް ޗެމްޕިއަންޝިޕުގައި ހޯދައިދިން ވަނަތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ބޮޑީބިލްޑިންގ އެސޯސިއޭޝަނުން ކުރާ މަސައްކަތްތަކަށް އަބަދުވެސް އެމްއޯސީ އާއި ކުޅިވަރު ވުޒާރާއިން އެހީތެރިވެދޭނެކަން ފާހަގަ ކުރައްވާ ކުރިޔަށް އޮތްތަނުގައިވެސް ބައިނަލްއަގްވާމީ މުބާރާތްތަކުން އިތުރު ކާމިޔާބީ ހޯދުމަށް އެތުލީޓުންނަށް ހިތްވަރު ދެއްވާފައެވެ. ގައުމީ ބޮޑީބިލްޑިންގ ޓީމުން ވަނީ އެ އެސޯސިއޭޝަނާއި ކުޅިވަރު ވަޒީރު އަބުދުﷲ ރާފިޢު ބަހައްޓަވާ ގާތްކަން ފާހަގަކުރައްވާ މި މުބާރާތަށް ދިޔަ އެތުލީޓުންނަށް ފޯރުކޮށްދިން އެހީތެރިކަންވެސް ފާހަގަ ކުރައްވާ ވަޒީރަށާއި ސަރުކާރަށް އަދި އެމްއޯސީއަށްވެސް ޝުކުރު އަދާކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
