
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފިރިހެނުންގެ ޓެނިސް ވޯލްޑްކަޕް ކަމަށްވާ ޑޭވިސް ކަޕް 2025 ގައި ރާއްޖެއިން ތަޖިކިސްތާނު ބަލިކޮށް ގުރޫޕްގެ އެއްވަނައަށް އަރައިފިއެވެ. ބަހްރެއިންގައި ކުރިޔަށްދާ މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓެނިސް ޓީމުން ކުޅުނު ތިންވަނަ މެޗު ކާމިޔާބުކުރީ 2-1 ން ވަރުގަދަ ތަޖިކިސްތާނު ބަލިކޮށްގެންނެވެ. ރާއްޖެއާއި ތަޖިކިސްތާން ބައްދަލުކުރި ފުރަތަމަ ސިންގަލްސް މެޗުގައި ރާއްޖޭގެ ދާއޫދު ޝަހީބް ނިކުތީ އިސްކަންދަރް އިސްމޮއިލް އާއި ދެކޮޅަށެވެ. މި މެޗުގެ ސެޓުތައް ތަޖިކިސްތާނުން ގެންދިޔައީ 7-6، 4-6 އަދި 0-6 ންނެވެ. ދެވަނަ ސިންގަލްސް މެޗުގައި ރާއްޖެ ޓީމުގެ ކެޕްޓަން އަބްދުالله ފާއިހް ފަޒީލް ނިކުތީ އަޙްމަދުޒްހޯން ކޮސިމީ އާއި ދެކޮޅަށެވެ. ސީދާ ދެ ސެޓުން މި މެޗު ކާމިޔާބު ކުރީ ރާއްޖެއިންނެވެ. މި މެޗުގެ ސެޓުތައް ފާއިހް ކާމިޔާބުކުރީ 6-3 އަދި 6-3 ންނެވެ.
ނަތީޖާ ނެރުމަށް ކުޅުނު ޑިސައިޑިން ޑަބަލްސް މެޗުގައި ފާއިހް އާއި އަހުމަދު ސާއީ ވަހީދުގެ ޕެއާ ނިކުތީ އިސްމޮއިލް އަދި ކޮސިމީގެ ޕެއާ އާއި ދެކޮޅަށެވެ. މި މެޗު ރާއްޖޭގެ ޕެއާއިން ކާމިޔާބުކުރީ 2-1 ސެޓުންނެވެ. ފުރަތަމަ ސެޓު 1-6، ން ތަޖިކިސްތާނުން ގެންދިޔަ ނަމަވެސް ދެވަނަ އަދި ތިންވަނަ ސެޓު 6-2 އަދި 6-4 ން ކާމިޔާބުކުރީ ރާއްޖެއިންނެވެ. މިއާއެކު ރާއްޖެ ވަނީ އޭޝިއާ އޯޝޭނިއާ ގުރޫޕް 5 ގެ ޑީގެ އެއްވަނައަށް ދަތުރުކޮށްފައެވެ. މާދަމާ ރާއްޖެ ނިކުންނާނީ ޕްރޮމޯޝަން ޕްލޭ އޮފްގައި ގުރޫޕް އޭގެ ޗެމްޕިއަން ނޮދާން މެރިއާނާ އައިލެންޑްސް އާއި ދެކޮޅަށެވެ. އެ މެޗުން މޮޅުވެއްޖެނަމަ ރާއްޖެއަށް ގުރޫޕް ހަތަރަކަށް ޕްރޮމޯޓް ވާނެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
