
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ވިއެޓްނާމުގައި ނިމިގެން ދިޔަ އަންހެނުންގެ ޓެނިސް ވޯލްޑް ކަޕް، ބިލީ ޖީން ކިންގް ކަޕް 2025 ގައި ދިވެހި ގައުމީ އަންހެން ޓެނިސް ޓީމުން ރަނަރަޕްކަން ހޯދައިފިއެވެ. ޓީމުގެ ކެޕްޓަން އައިމިނަތު އިރުފާ މާހިރު ވިދާޅުވީ މިއީ ކުޅުންތެރިން ކުރި ވަރަށް ބުރަ މަސައްކަތުގެ ނަތީޖާއެއްކަމަށާއި، އެކަމާ ވަރަށް ފަޚުރުވެރިވާ ކަމަށެވެ. ފައިނަލްގައި ބަލިވިނަމަވެސް، ފުރަތަމަ ފަހަރަށް މި މުބާރާތުގެ ފައިނަލަށް ދެވުނީ ކުޅުންތެރިން ދޫނުދީ ކުރި ބުރަ މަސައްކަތުގެ ސަބަބުން ކަމަށާއި، އެތައް ވަރުގަދަ ޓީމުތައް ބަލިކޮށް ފައިނަލާ ހަމައަށް އާދެވުމަކީ ހިތްވަރުގަދަ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މުބާރާތަށްފަހު، ޓެނިސް އެސޯސިއޭޝަންގެ އެހީތެރިކަމާއެކު ޖޭ 30 މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ބިލީ ޖީން ކިންގް ކަޕްގައި ފައިނަލާ ހަމައަށް ދިއުމަށް ލިބުނު އިތުރު ހިތްވަރެއް ކަމަށް އިރުފާ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖޭގެ ތަޖުރިބާކާރު ކުޅުންތެރިޔާ އާރާ އާސަލް އާޒިމް ވިދާޅުވީ ފައިނަލާ ހަމައަށް އާދެވުނީ މުޅި ޓީމުގެ ބުރަ މަސައްކަތުން ކަމަށާއި، މި މުބާރާތުން ގިނަ ކަންތައްތަކެއް ދަސްވެ ރަނގަޅު ތަޖުރިބާއެއް ލިބުނު ކަމަށެވެ. އަލަށް އަރައިގެން އަންނަ ކުޅުންތެރިޔާ ނަބާ ނިޝާން ބުނީ މިއީ އޭނާ ބިލީ ޖީން ކިންގް ކަޕްގައި ވާދަކުރި ފުރަތަމަ ފަހަރު ކަމަށާއި، ފައިނަލަށް ދެވުމުން ވަރަށް އުފާވާ ކަމަށެވެ. އޭނާ އުންމީދުކުރަނީ އަންނަ އަހަރު މި މުބާރާތް ކާމިޔާބުކޮށް ގްރޫޕުގެ ދެވަނަ ޑިވިޝަނަށް ޕްރޮމޯޓް ވެވޭނެ ކަމަށެވެ. މި މުބާރާތުގައި މުޅި ޓީމެއްގެ ގޮތުގައި ވަރަށް ރަނގަޅަށް މަސައްކަތްކުރި މި ޓީމުގައި އާރާ އާއި ނަބާގެ އިތުރުން ހިމެނެނީ އައިޝަތު ކަރިން ސައިޒާން އާއި، ނަޔާރާ އުސާމާ އަލީއެވެ.
ޓެނިސް އެސޯސިއޭޝަންގެ ނައިބު ރައީސް އިގްނާޒް މަންސޫރު ވިދާޅުވީ މިއީ ދިވެހި ޓެނިހުގައި މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީ ކަމަށާއި، ކުޅުންތެރިން ކުރި ބުރަ މަސައްކަތާ މެދު އެސޯސިއޭޝަނުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި މި ކުޅުންތެރިންނާއި ރާއްޖޭގެ ޓެނިހަށް އިތުރު ކާމިޔާބީ ހޯދައިދިނުމަށް އެސޯސިއޭޝަނުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިފަދަ ބައިނަލްއަޤްވާމީ ތަޖުރިބާ ލިބުމަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބިގެން ގޮސްފައިވަނީ މި އަހަރު ރާއްޖޭގައި ބޭއްވުނު އައިޓީއެފް ޖޭ 30 އާއި އޭޓީއެފް މުބާރާތްތައް ކަމަށް އެސޯސިއޭޝަނުން ފާހަގަކުރެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
