
(ފޮޓޯ ކްރެޑިޓްސް: އެފްއޭއެމް)
ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްޠީނުގެ ފުޓްބޯޅަ އަލުން ދިރުވާ އާލާކުރުމަށް ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުން ސްވެނިއަރ ޓިކެޓް ވިއްކައިގެން އެއްކުރި ހުރިހާ ފައިސާއެއް ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާއި ހަވާލުކޮށްފިއެވެ. އެފްއޭއެމުން ވަނީ ސްވެރިއަ ޕްލެޓިނަމް އަދި ސްވެނިއަރ ގޯލްޑް ޓިކެޓް ވިއްކައިގެން ޖުމްލަ 3 ލައްކަ ރުފިޔާ އެއްކޮށްފައެވެ. 500 ޓިކެޓް ވިއްކައިގެން ލިބުނު މި ފައިސާ ފަލަސްޠީނުގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ހަދިޔާކުރިއިރު ފަލަސްޠީނުން ވަނީ ރާއްޖޭން ބެހެއްޓި ގާތްކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ. ފަލަސްޠީނު ޓީމުން ރާއްޖޭގައި ކޭމްޕް ކުރީ މިމަހުގެ 22 ގައި އިންޑިއާގައި އޮންނަ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުން، ފަލަސްޠީނުގައި ހުރިހާ ކުޅުންތެރިން އެއްކޮށްގެން ކޭމްޕް ކުރެވޭނެ މާހައުލެއް ނެތުމުންނެވެ.
ފުޓްބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކެއްޓްރީ އަޙްމަދު ޒަރީރު، ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފަލަސްޠީނުން ރާއްޖޭގައި ކޭމްޕް ކުރުމުގެ ސަބަބުން ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމަށްވެސް ވަރަށް ބޮޑު ފައިދާއެއް ކުރި ކަމަށެވެ. އެގޮތުން ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމަށް އަބަދުވެސް ދިމާވާ ގޮންޖެހުމަކީ ބޭރު ގައުމުތަކުގެ ޓީމުތަކާއެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ނުލިބެ މުބާރާތްތަކަށް ދާން ޖެހުން ކަމަށާއި، އެހެންކަމުން ފަލަސްތީނު ރާއްޖޭގައި ހޭދަކުރި މުއްދަތުގައި ދެ މެޗު ކުޅެލަން ލިބުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށް ޓީމުގެ ކޯޗިން ސްޓާފުން ފާހަގަކުރި ކަމަށް ޒަރީރު ވިދާޅުވިއެވެ. ފަލަސްތީނު ޓީމު ކަހަލަ ތަޖްރިބާ ހުރި ކުޅުންތެރިންނާއެކު ރާއްޖޭގެ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ލިބި ތައިލޭންޑްގެ ޗޮންބުރީއަށް ފުރުމުގެ ކުރިން، އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންނަށް ޓީމު ތައްޔާރުވުމަށް ފަލަސްޠީނު ޓީމުގެ ދަތުރަކީ ރާއްޖެއަށްވެސް ލިބުނު ރަނގަޅު އެހީއެއް ކަމަށް ޒަރީރު ފާހަގަ ކުރިއެވެ.
އެކި ގައުމުތަކުގައި ދިރިއުޅޭ ކުޅުންތެރިން ހަމަކޮށްގެން ޓީމު އެކުލަވާލައިގެން ރާއްޖެއައިސް ކޭމްޕް ކުރެވުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށާއި، ރާއްޖޭގައި ހޭދަވީ 10 ދުވަހު ދިވެހި ސަރުކާރާއި އެފްއޭއެމާއި ދިވެހި ޓީމުން އަދި އާންމުން ދިން ލޯތްބާއި އެހީތެރިކަމަކީ ދުވަހަކު ހިތުން ފިލައިގެން ނުދާނެ ކަންތައްތަކެއް ކަމަށް އެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ފާހަގަކޮށްފައެވެ. އެއާޕޯޓުން ކީ މަރުހަބާއިން ފެށިގެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެ ޓީމާއި ބައްދަލުކުރެއްވުމާއި ފުރައިގެން ދާންވަންދެން ދިން މެހެމާންދާރީއަކީ އަމިއްލަ ގައުމުގައިވެސް މީން ދުވަހަކު ތަޖްރިބާ ނުކުރެވޭ މިންވަރަށް އުފާވެރިކަމާއި އޯގާތެރިކަން އިހްސާސްވި ދަތުރެއް ކަމަށް ފަލަސްޠީނު ޓީމުން ފާހަގަ ކުރިއެވެ. 10 ދުވަހު ރާއްޖޭގައި ކޭމްޕްކުރުމަށްފަހު ފަލަސްތީނު ޓީމު މިއަދު ފުރާފައިވާއިރު އެގަމުން އެންމެ އަވަހަށް ކޮލިފައިންގައި ނިކުންނާނީ މިމަހުގެ 22 ގައި އިންޑިއާ އާއި ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
