
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އަޅުގަނޑުމެން ކޮންމެ މީހަކުވެސް ވާންވީ އެހެން މީހުންގެ ރިހުންތަކާއި ވޭންތަކާއި ދަތިތަކަށް އިޙްތިރާމް ކުރާ ބަޔަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އެމްޕީއެލްއިން ފެށި “ފަހި ޕްރޮގްރާމް- އެކުއެކީ، ގުޅިގެން” އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ އެއްގޮތްކަމާއެކު ތަފާތުކުރުންތައް ހުރުމަކީ ދުނިޔޭގެ ތަބީޢަތް ކަމަށާއި އިންސާނުންގެ ތެރޭގައިވެސް އެކި ގާބިލުކަން އެކިވަރަށް އެކި މީހުންގެ ހުންނަ ކަމަށެވެ. ނަމަވެސް ނުކުޅެދުންތެރި އުނިސިފަތައް ކަމަށް ހީވެފައިވާ ސިފަތައް ހުންނަ ބައެއް މީހުން ދުނިޔެއާއި އެ މީހެއްގެ ޤައުމަށް ބޮޑެތި ބަދަލުތައް ގެންނަމުންދާ ކަމަށާއި މުޅި އިންސާނިޔަށްތަށްވެސް އެފަދަ މީހުންގެ ފަރާތުން ބޮޑެތި މަންފާތަކެއް ފޯރުކޮށްދެމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭންޖެހޭ ގަދަރާއި ހިތްވަރާއި އެެހީތެރިކަން އެންމެ އެކަށީގެންވާ ގޮތެއްގައި ނުދެވޭކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ އަޚުންނާއި އުޚުތުންނާމެދު މުޖުތަމަޢުން ދެކޭގޮތް ބަދަލުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެއްވެސް މީހަކީ އެންމެ ފުރިހަމަކަން ލިބިފައިވާ މީހެއް ނޫން ކަމަށާއި އެހެންވެ ކޮންމެ މީހަކުވެސް އަނެކުންގެ ރިހުންތަކާއި ވޭންތަކަށް އިހުތިރާމް ކުރަންވާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްްސް: ޕީއެސްއެމް ނިއުސް)
“އަޅުގަނޑުމެން ވާންވީ އެހެން މީހުންގެ ރިހުންތަކާއި ވޭންތަކާއި ދަތިތަކަށް އިޙްތިރާމް ކުރާ ބަޔަކަށް. އެހެން މީހުންގެ ހާލަށް އިސްކަންދޭ ބަޔަކަށް. އިންސާނިއްޔަތުގެ މާތް ސިފަތައް މުޅި މުޖުތަމައުގައި އަށަގަތުމަކީ ތަހުޒީބު ޤައުމެއްގެ ހެއްކެއް. އެ އަމާޒަށް ވާސިލްވުމަށްޓަކައި އަޅުގަނޑުމެންނަކީ އުއްމީދީ، ހެޔޮ ވިސްނުމަކުން ކަންކަމާމެދު ވިސްނާ ބަޔަކަށްވުން ވަރަށް މުހިންމު،” ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ ވަޒީފާގެ ފުރުސަތު ފަހިވުމަކީ އިންސާނީ ކަރާމަތަށް އިސްކަން ދިނުމުގެ މަތިވެރި ނިންމުމެއް ކަމަށެވެ. އަދި މި ފުރުސަތު ފަހިވެގެންދިއުމުން ހުރިހާ ދިވެހިންނަކީ ހަމަހަމަ ބައެއްކަން އަމަލީ ގޮތުން ސާބިތުކޮށްދޭ ކަމަށާއި މިއީ އެތައް ދިވެހި ރައްޔިތުންގެ ހިތްދަތި އިހުސާސްތަކާއި ވޭންތަކަށް ދެވުނު ލޯތްބާއި ކުލުނުވެރިކަމުގެ ފަރުވާއެއް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރާ އެއްގޮތަށް އެމްޕީއެލްއިން ފެށި ޕްރޮގްރާމަކީ އަމިއްލަ އަސާސީ ބޭނުންތައް އަމިއްލަ މަސައްކަތުން ފުއްދުމުގެ އަބުރުވެރި ފުރުސަތު އެތައް ދިވެހި ރައްޔިތުންނަށް ފަހިވެގެންދާނެ ޕްރޮގްރާމެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
