
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ޞިއްޙީ ދާއިރާ ތަރައްޤީވަމުން އަންނައިރު އެދާއިރާއަށް ބޭނުންވާ ބޭހާއި އަދި އެނޫންވެސް ވަޞީލަތް ހޯދުމަށް ޚާއްސަ ކުންފުންޏެއް ޤާއިމުވެގެންދިޔުމަކީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޚާއްސަ ކުންފުންޏެއް އުފެއްދެވީ މިއަހަރުގެ ސެޕްޓެންބަރު މަހުއެވެ.
ބޭހާއި ޞިއްޙީ ދާއިރާއަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްސް އެތެރެކުރުމަށް އުފައްދަވާފައިވާ ކުންފުންޏާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއިން ގެނެސްދޭ “ހަފްތާ 104” ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، އެއީ ޞިއްޙީ ދާއިރާ އިތުރަށް ތަރައްޤީކުރުމަށް މުހިންމުކަމެއްކަމަށެވެ. އެގޮތުން އަތޮޅުތަކާއި މާލޭގެ ހޮސްޕިޓަލްތަކުގެ ފެންވަރު އަހަރުން އަހަރަށް މަތިވަމުން އަންނައިރު އެތަންތަނަށް ބޭނުންވާ ބޭހާއި ވަޞީލަތްތައް އިތުރުވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެކަމަށް ޚާއްސަ ކުންފުންޏެއް އުފެއްދުމާއެކު މިހާރަށްވުރެ ސަމާލުކަމެއް ދެވިގެން ބޭހާއި ކޮންސިއުމަބްލްސް ގެނެވޭނެ މަގުފަހިވާނެކަމަށް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
“މިސާލެއްގޮތުން ބައްލަވާ ފިއުލް ސަޕްލައި މޯލްޑިވްސްއަށް، އެބޭފުޅުން ރާއްޖެއަށް ތެޔޮ ގެނައުމަށް ދުނިޔޭގެ ބާޒާރުން އެންމެ އަގުހެޔޮކޮށް އަދި އެންމެ ރަނގަޅު ކޮލިޓީގެ ތެޔޮ އެތެރެކުރުމަށް އަބަދުވެސްދާނީ ބަލަމުން މާކެޓަށް. އެހެންކަމުން ރާއްޖެއަށް އަގުހެޔޮކޮށް ރަނގަޅު ތެޔޮ އެތެރެކުރެވޭހެން، ކުރިއަށް އޮތްތަނުގައި ބޭހާއި ކޮންސިއުމަބަލްސްއަށްވެސް ފޯކަސް ކުރެވިގެން އެތަކެތި އެތެރެކުރާނެ ކުންފުންޏެއް މިއައީ.” ވަޒީރު ވިދާޅުވިއެވެ. ވަޒީރު ނާޡިމް ވިދާޅުވީ، ޞިއްޙީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް މިއީ މުހިންމު ފިޔަވަޅެއްކަމަށެވެ. ކުންފުނި ކޮޅަށް ޖެހުމަށް ބޭނުންވާ އިދާރީ މަސައްކަތްތައް މިހާރު ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނަކީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެ އެތެރެކުރުމުގެ މަސައްކަތް ފުޅާކުރުމުގެ ގޮތުން ސަރުކާރުން އުފައްދަވާފައިވާ ކުންފުންޏެކެވެ. ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކަށް ޢައްޔަން ކުރައްވާފައިވަނީ ޞިއްޙީ ދާއިރާގައި ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއްކަމަށްވާ ޑރ.ޝާޙް މާހިރެވެ. ޤައުމީ ހެލްތު އިންޝުއަރެންސްގެ ނިޒާމުގެ ތެރެއިން އެންމެ ބޮޑު ހޭދައެއްކުރަނީ ބޭސް އެތެރެކުރުމަށެވެ. އެހެންކަމުން ބޭހާއި ވަޞީލަތްތައް އެތެރެކުރުމަށް ޚާއްސަ ކުންފުންޏެއް އައުމާއެކު ބޭހާއި ވަޞީލަތްތައް ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި މެދު ނުކެނޑި ބޭހާއި ވަޞީލަތް ހަމަކުރުމަށްވެސް މިއީ ކޮންމެހެން މުހިންމުކަމެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
