
(ފޮޓޯ ކްރެޑިޓްސް: ދަނޑުވެރިކަމާއިބެހޭ ވުޒާރާ)
ދިގު މުއްދަތަކަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޒަމާނީ ދަނޑުވެރިކަމަކީ މުހިންމު ބިންގަލެއްކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ކ. ކާށިދޫގައި ކުރިޔަށް ގެންދިޔަ ޒަމާނީ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ ދިވެހިރާއްޖެ މިވަނީ ބިމުގެ ދަތިކަމާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިލާންޖެހޭ ނާޒުކުކަމާއި އަދި އިތުރުވަމުން އަންނަ އާބާދީގެ ބޭނުންތައް ފުއްދުމަށް ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައިކަމަށެވެ. މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ޒަމާނީ ހަރުދަނާ އަދި ދެމެހެއްޓެނިވި ޓެކްނޮލޮޖީތައް ހަލުވި ކަމާއިއެކު، ތަޢާރަފުކޮށް ބޭނުންކުރުން މުހިންމުކަމަށް ވަޒީރު ވިދާޅުވިއެވެ.
ޒަމާނީ ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމްގެ ބައިވެރިންނާއި މުޚާތަބުކުރައްވައި ވަޒީރު ވިދާޅުވީ މިއީ ހަމައެކަނި ހުނަރުތައް އިތުރުކުރުމަށް ރާވާފައިވާ ޕްރޮގްރާމެއް ނޫންކަމަށެވެ. މިއީ ދަނޑުވެރިންގެ މުސްތަޤުބަލު ބައްޓަންކުރުމުގައި އިސް ދައުރެއް އަދާކުރާނެ ފަރާތްތަކެއްގެ ގޮތުގައި އީޖާދީ ޚިޔާލުތަކާއި ދެމެހެއްޓެނިވި ތަރައްޤީއަށް ބޭނުންވާ ވަސީލަތްތަކާއެކު ތައްޔާރުކުރުމަށް ރޭވިފައިވާ އިސްތިރާޖީ މަސައްކަތެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ދަނޑުވެރިކަމާއިބެހޭ ވުޒާރާ)
ވަޒީރު ޑރ. މާރިޔާ ވިދާޅުވީ ޒަމާނީ ދަނޑުވެރިކަމަކީ ހަމައެކަނި އިޚްތިޔާރީ ކަމެއް ނޫންކަމަށާއި އެއީ ޤައުމީ ފެންވަރުގައި އިސްކަންދޭންޖެހޭ އަސާސީ ދާއިރާއެއްކަމަށެވެ. ދިގު މުއްދަތަކަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޒަމާނީ ދަނޑުވެރިކަމަކީ މުހިންމު ބިންގަލެއްކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ވެލިނުލައި ކުރާ ދަނޑުވެރިކަމާއި ޒަމާނީ ނިއުޓްރިއަންޓް މެނޭޖްމަންޓްގެ ދާއިރާގައި ޢަމަލީ ތަޖުރިބާ ލިބިފައިވުމަކ،ީ ރާއްޖެފަދަ ޖަޒީރާ ރަށްތަކަށް އިންޤިލާބީ ބަދަލެއް ގެނެސްދޭނެ ފަދަ އީޖާދީ ޓެކްނޮލޮޖީއެއްކަމަށާއި އަދި ދިރޭތަކެތި ބެލެހެއްޓުމުގެ ޢަމަލީ މަޢުލޫމާތު ލިބިފައިވުމަކ،ީ ބޭރުގެ އިމްޕޯޓަށް ބަރޯސާވުން މަދުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމަށެވެ.
ވަޒީރު ވިދާޅުވީ ތަމްރީނު ޕްރޮގްރާމްތަކުން ހާސިލްވާ ހުނަރުތަކަކީ ދިވެހިރާއްޖޭގެ ޤައުމީ އިޤްތިޞާދީ ލަނޑުދަނޑިތަކާ ގުޅިލާމެހިފައިވާ ކަންކަންކަމަށެވެ. މިހުނަރުތަކުގެ ސަބަބުނ،ް ފެސިލިޓީ ދަނޑުވެރިކަން ރޭވުންތެރިކަމާއެކު ފުޅާކުރުމަށާއ،ި ރާއްޖޭގެ ރުއްގަހާއި ކުކުޅުގެ ވެލިއު ޗެއިންތައް ހަރުދަނާކުރުމަށާއި މުޅި ޤައުމުގައި ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރިއެރުވުމަށް މަގު ފަހިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނޭ އިރުޝާދުގެ ދަށުން ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ މިފަދަ ތަމްރީނު ޕްރޮގްރާމްތައް އިތުރަށް ފުޅާކޮށް ޒަމާނީ ފަންނުވެރިކަން ދަނޑުވެރިކަމުގެ ދާއިރާއަށް ތަޢާރަފްކުރުމަށް ހިތްވަރުދީ، އަދި ބައިނަލްއަޤްވާމީ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް މަސައްކަތް ފަށާފައިވާކަމަށް ވަޒީރު ޑރ.މަރިޔަމް މާރިޔާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
