
(ފޮޓޯ ކްރެޑިޓްސް: ތިމާވެއްޓާއިބެހޭ ވުޒާރާ)
ފްލޯޓިންގ ސޯލާ ޕީވީ ސިސްޓަމްތައް ބަހައްޓާ ސައިޓްތަކުގެ މައުލޫމާތު އެއްކުރުމަށް ޚާއްސަ ސިސްޓަމްތަކެއް ރާއްޖޭގެ ތިން ސަރަހައްދެއްގައި ބަހައްޓައިފިއެވެ. މި ސިސްޓަމްތައް ބަހައްޓާފައިވަނީ މ. މުލި، މ. މުލައް އަދި ފ. ނިލަންދޫގައެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިއީ ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ ޖުމްލަ %33، އިޢާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ. އަދި މި މަސައްކަތުގެ ދަށުން، ސޯލާ ޕެނަލްތައް ފެންމަތީގައި ބެހެއްޓުމަށް އެންމެ އެކަށޭނަ ތަންތަން ދެނެގަތުމަށް ބޭނުންވާ ތަފާތު މައުލޫމާތުތައް އެއްކުރެވޭނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
އެގޮތުން، މި ސިސްޓަމްތައް މެދުވެރިކޮށް އެ ސަރަހައްދުތަކުގެ މޫސުމާއި، ކަނޑުގެ ރާޅުގެ ހާލަތާއި، އަދި ތިމާވެށްޓާ ގުޅުން ހުރި އެހެނިހެން ކަންކަމާ ގުޅޭ މައުލޫމާތުތައް އެއްކުރެވޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އަދި މި މައުލޫމާތުތައް ނެގުމަކީ، ފެންމަތީގައި ސޯލާ ޕެނަލްތައް ބެހެއްޓުމުގެ މަޝްރޫޢުތައް ރާވައި ހިންގުމުގައި އެންމެ ރަނގަޅު ގޮތްތައް ކަނޑައެޅުމަށް އަސާސީކަމެއް ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ތިމާވެއްޓާއިބެހޭ ވުޒާރާ)
މީގެ އިތުރުން، ދިވެހިރާއްޖެއަކީ ބިން ކުޑަ ޤައުމަކަށް ވާއިރު، ފެންމަތީގައި ސޯލާ ޕީވީ ސިސްޓަމްތައް ބެހެއްޓުމަކީ، ބިމުގެ ބޭނުން ނުކޮށް ހަކަތަ އުފެއްދުން އިތުރުކުރުމަށް އޮތް ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި މިއީ ހަކަތަ އުފައްދާ މަސްދަރުތައް ގިނަ ކުރުމުގެ މުހިންމުކަން ވަރަށް ބޮޑަށް ދައްކުވައިދޭކަމެއް ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ. ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަސައްކަތް ކުރިއަށް ދަނީ، ދިވެހިރާއްޖޭގެ ހަކަތަ ސެކްޓަރ ދެމެހެއްޓެނިވި ގޮތަކަށް ބައްޓަންކުރުމަށް އެހީތެރިވުމަށް އަމާޒުކޮށް ކުރިއަށްގެންދާ “އެޝުއާރ” މަޝްރޫޢުގެ ދަށުން ކަމަށެވެ. އަދި މި މަޝްރޫޢަކީ އިޔާދަކުރަނިވި ހަކަތައިގެ ބޭނުންކުރުން އިތުރުކޮށް، ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރެވޭ ހަރަކާތްތަކުގެ މުހިންމު ބައެއްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ ޖުމްލަ %33، އިޢާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް އަމާޒު ހިފާފައިވާކަން ސަރުކާރުން އިއުލާން ކުރެއްވީ، ކޮޕް 28 ސަމިޓުގެ ތެރެއިންނެވެ. މިއީ އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖޭގައި މިހާރު ކުރެވޭ އެންމެ ބޮޑު އެއް މަސައްކަތެވެ. އަދި މިކަމުގެ ސަބަބުން ތެލަށް ކުރާ ޚަރަދު ކުޑަކުރެވި، ދައުލަތުގެ މާލިއްޔަތުން ބޮޑު އިންސައްތައެއް ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
