
(ފޮޓޯ ކްރެޑިޓްސް: ގޫގްލް)
އައިވީއެފް ހަދަން އެހީދޭން ސަރުކާރުން ގާއިމްކޮށްފައިވާ “ފާޓިލިޓީ ކެއަރ ފަންޑު”ން މި އަހަރު ދޭ އެހީއަށް އެދުމުގެ ފުރުޞަތު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން ހުޅުވާލައިފިއެވެ. ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން ވިދާޅުވީ މިފަހަރު ހުޅުވާލި ފުރުސަތަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެހީ ދޭނީ އެންމެ މަތިން ޕޮއިންޓް ލިބޭ 50 ދެމަފިރިއަކަށް ކަމަށެވެ. އަދި ކަމަށް އެދުމުގެ ފުރުޞަތު އަންނަ މަހުގެ 20 ވަނަ ދުވަހާ ހަމައަަށް ހުޅުވާލާފައިވާއިރު ފޯމް ހުށަހެޅޭނީ “ވަން ގަވް ޕޯޓަލް” މެދުވެރިކޮށް އޮންލައިންކޮށެވެ. އައިވީއެފް އާއި އަައިޔޫއައިގެ ފަރުވާއަށް ފާޓިލިޓީ ފަންޑުން އެހީތެރިވުމުގެ އުސޫލުގައި ވާގޮތުން އެހީއަށް އެދެވޭނީ ކައިވެންޏަށް މަދުވެގެން ތިން އަހަރުވެފައިވާ، އަދި ދަރިމައިވުމަށް ހުރަސް އެޅޭ ގުދުރަތީ ސަބަބެއް މެދުވެރިވެފައިވާ މީހުންނަށެވެ. އަދި ދަރިމައިވުމަށް އެހެން ފަރުވާތައްކޮށް ނާކާމިޔާބުވެ، އައިވީއެފް ނުވަތަ އައިޔޫއައި އަކީ އެ ފަރާތަށް އެންމެ އެކަށީގެންވާ ފަރުވާ ކަމަށް ސްޕެޝަލިސްޓުން ލަފާދީފައި ވުމަކީ ވެސް ޝަރުތެކެވެ.
ފާޓިލިޓީ ކެއަރ ޓްރަސްޓް ފަންޑުން އައިވީއެފްގެ ފަރުވާއަށް މިދިޔަ އަހަރު އެކަނިވެސް 4.78 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެެވެ. އަދި މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ޖުމުލަ 93 ފަރާތެއްގެ ފަރުވާއަށް 7.13 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ. އަދި އޭގެތެރެއިން 23 ފަރާތެއްގެ އައިވީއެފް ފަރުވާ ކާމިޔާބުވެފައިވާކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައެވެ. ސަރުކާރުން އައިވީއެފާއި އައިޔޫއައިގެ ޚިދުމަތަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު މި ޚިދުމަތް ދެވޭ ފެންވަރަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހޮސްޕިޓަލެއް އެޅުމަށްވެސް ނިންމާފައިވެއެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލަކީ އަންހެނުންނާއި ކުޑަކުދިންގެ ބަލިތަކަށް ފަރުވާ ދިނުމަށް ޚާއްސަކޮށްގެން ތަރައްޤީކުރާ ތަނެއް ކަމަށެވެ.
މިހޮސްޕިޓަލުން މާބަނޑު މީހުންނަށް ދެވޭ އެކި ޚިދުމަތްތަކާއި ފެމިލީ ޕްލޭނިންގ ޚިދުމަތާއި ދުވަސްނުފުރާ ވިހާ ކުދިންނަށް ދެވޭ ފަރުވާ ދެވޭނެއެވެ. މީގެ އިތުރުން ކުޑަކުދިންގެ ޚާއްސަ ބަލިތަކަށްދެވޭ ފަރުވާއާއި އުރަމަތީގެ ކެންސަރަށް ސްކްރީންކުރުމާއި ރަޙިމުގެ ދޮރަށް ޖެހޭ ކެންސަރަށް ސްކްރީންކުރުމާއި އައިޔޫއައި އާއި އައިވީއެފްގެ ޚިދުމަތްވެސް މިހޮސްޕިޓަލުން ދެވޭނެއެވެ. މި ހޮސްޕިޓަލް ޑިޒައިން ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
