
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް)
މޫސުމީ ބަދަލުތަކާ ދެކޮޅަށް ވާހަކަތައް ދެކެވުނު ނަމަވެސް، އަމަލީ ފެންވަރެއްގައި މަސައްކަތްތައް ނުފެންނަ ކަމަށް ދިވެހިރާއްޖޭގެ ސްޕެޝަލް އެންވޯއި ފޮރ ކްލައިމެޓް ޗޭންޖް، ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ބްރެޒިލްގެ، ބެލެމްގައި މިހާރު ކުރިއަށްދާ 30ވަނަ “ސެޝަން އޮފް ދަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް” ކޮޕް30ގެ ހައި-ލެވެލް ސެގްމަންޓްގައި އިއްވެވި ރާއްޖޭގެ ގައުމީ ބަޔާނުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން، ކްލައިމެޓް ޗޭންޖް އެންވޯއީ ޢަލީ ޝަރީފް އިއްވެވި ބަޔާނުގައި، މޫސުމީ ބަދަލުތަކުގެ ނުރައްކަލާއި ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން ކުރެވޭ މަސައްކަތްތަކުގައި ގިނަ ވާހަކަތަކެއް ދެކެވުނު ނަމަވެސް، އަމަލީ ފެންވަރެއްގައި މަސައްކަތް ނުފެނި، އެ ފަރަގު ބޮޑުވަމުންދާ ކަމަށް ވިދާޅުވިއެވެ. އެގޮތުން، އެތައް އަހަރެއްގެ މަޝްވަރާތަކަށް ފަހުވެސް، 1.5 ޑިގްރީގެ އަމާޒަށް ވާސިލްވުމުގައި ޤައުމުތަކުން ނުކުޅެދިފައިވާކަމަށް ކްލައިމެޓް ޗޭންޖް އެންވޯއީ ފާހަގަކުރެއްވިއެވެ.
ޤައުމުތަކަށް އަމަލީ މަސައްކަތް ނުދެއްކުނު ނަމަވެސް ރާއްޖެއިން މި އަމާޒަށް ވާސިލްވުމުގައި އިސް ދައުރެއް އަދާކުރަމުންދާކަން އަލީ ޝަރީފް ވިދާޅުވިއެވެ. އެގޮތުން، ތިން ވަނަ “ނެޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން ރިޕޯޓު” މި އަހަރުގެ ކުރީކޮޅު ރާއްޖެއިން ހުށަހަޅާފައިވާކަމަށާއި އެ ރިޕޯޓުގައި ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށާއި މޫސުމީ ބަދަލުތަކަށް ހުށަހެޅިފައިވާ ސެކްޓަރތަކަށް ލިބޭ ގެެއްލުންތައް ކުޑަކުރުމަށް 2035އާއި ހަމައަށް ފިޔަވަޅުތަކެއް ހުށަހަޅާފައިވާކަން ފާހަގަކުރެއްވިއެވެ. ދިވެހިރާއްޖޭގެ ބަޔާނުގައި، މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމަށް ބޭނުންވާ މާލީ ނިޒާމުތައް ހަރުދަނާކުރުމަށް އެކުލަވާލާފައިވާ “ނިއު ކަލެކްޓިވް ކުއަންޓިފައިޑް ގޯލް” އިތުރަށް ހަރުދަނާކުރުމަށާއި، ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި އެއްވަރަށް ވިލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. އަދި، މޫސުމީ ބަދަލުތަކަށް ހުށަހެޅިފައިވާ ގައުމުތަކަށް ދޭ މާލީ އެހީތެރިކަމަކީ ފަސޭހަކަމާއި ޔަގީންކަމާއެކު ލިބޭ، އެ މާލީ އެހީތެރިކަމަކީ މަޝްރޫޢުތަކަށް ބިނާވެފައިވާ އެހީތެރިކަމަކަށްވުމުގެ މުހިންމުކަމުގެ މައްޗަށްވެސް ކްލައިމެޓް ޗޭންޖް އެންވޯއީ އަލިއަޅުއްވާލެއްވިއެވެ.
މީގެ އިތުރުން، އެޑެޕްޓޭޝަން ފައިނޭންސަށް މިހާރު ހުށަހަޅާފައިވާ ޖުމްލަ އަދަދު 2030ވަނަ އަހަރަށް ވާން ވާއިރަށް، ތިން ގުނަ އިތުރުކުރުމަށްވެސް ރާއްޖެއިން ވަނީ ގޮވާލަައްވާފައެވެ. ބަޔާން ނިންމަވާލައްވަމުން، ސްޕެޝަލް އެންވޯއި ވަނީ، ނުރައްކަލަށް ހުށަހެޅިފައިވާ ގައުމުތަކަށް، ދިރިހުރުމަކީ އެންމެ މުހިންމުކަން ކަމަށް ފާހަގަކުރައްވައި، ކޮޕްގައި ކުރިއަށްދާ މަޝްވަރާތަކަކީ އެފަދަ ގައުމުތަކުގެ މިއަދާއި ކުރިމަގުކަން ފާހަގަކުރައްވާފައެވެ. އަދި، ރާއްޖެއިން މިކަމުގައި ކެނޑިނޭޅި މަސައްކަތްކުރާނެ ކަމަށާއި އެހެން ގައުމުތަކުންވެސް އެއްބާރުލުން ދިނުމަށް އެންވޯއީ ވަނީ ގޮވާލައްވާފައެވެ.
ކޮޕް ސަމިޓު ރާވާ ހިންގުމުގައި ބްރެޒިލް ސަރުކާރުން ކުރައްވާފައިވާ އިންތިޒާމުތަކަށް ކްލައިމެޓް އެންވޯއި ޝުކުރު އަދާކުރެއްވިއެވެ. އަދި، މި ސަމިޓު ބޭއްވެނީ ބައިނަލްއަގްވާމީ ނުތަނަވަސް ހާލަތެއްގައިކަން ފާހަގަކުރައްވައި ދޭދޭ ޤައުމުތަކުގެ ފެންވަރުގައި ނަތީޖާ ނެރުމުގެ މުހިންމުކަން ޢަލީ ޝަރީފް ފާހަގަކުރެއްވިއެވެ. އަލީ ޝަރީފް ކޮޕް30 ގައި ބައިވެރިވެވަޑައިގަންނަވަނީ ރާއްޖޭގެ ޑެލިގޭޝަންގެ އެންމެ އިސް އޮފިޝަލުގެ ގޮތުގައެވެ. އަލީ ޝަރީފް ގެންދަވަނީ މަތީ ފެންވަރުގެ މުހިންމު އިވެންޓްތަކުގައި ގައުމު ތަމްސީލުކޮށް، ރާއްޖޭގެ ފަރާތުން ސީދާ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
