
(ފޮޓޯ ކްރެޑިޓްސް: އެމްޓީސީސީ)
ކ. ހިންމަފުށީގައި ސަރުކާރުން ތަރައްޤީކޮށްދެއްވި ފުޓްބޯޅަ ދަނޑުގެ ފެންސް ޖެހުމާއި ލައިޓް ހަރުކުރުމުގެ މަސައްކަތްތައް ހަލުވި ދުވެލީގައި ކުރިއަށްދާކަމަށް އެމްޓީސީސީން ބުނެފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ މި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރިޔަށްދާއިރު މިއީ ސަރުކާރުން ކަނޑައަޅާފައިވާ މުއްދަތަށް ނިންމަށް މަސައްކަތް ކުރާ ދަނޑެވެ. މިއީ 4.9 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއެކެވެ. ހިންމަފުށީ ފުޓްބޯޅަ ދަނޑުގެ ފެންސް ޖެހުމާއި ލައިޓް ހަރުކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރީ 29 މާޗް ގައެވެ. ކުޅިވަރު ވުޒާރާއިން އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކުރީ 150 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްޓީސީސީ)
ހިންމަފުށީގެ ފުޓްބޯޅައަށް ލޯބިކުރާ ޒުވާނުންނާއި ކުޑަ ކުދިންގެ އުންމީދުތައް ގުޅިފައިވާ މިދަނޑުގެ މަސައްކަތް ހަލުވި ދުވެލީގައި ނިމެމުން އަންނައިރު އެދަނޑުގައި ވަނީ ވަށާފާރު ރާނާ ފެންވަރު ރަނގަޅު ޓާފެއްވެސް އަޅާފައެވެ. ފެންސް ޖަހާ ލައިޓް ހަރުކޮށް ނިމޭއިރު މި ދަނޑު ވެގެންދާނީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ރޭގަނޑާއި ދުވާލުވެސް ބޭނުން ކުރެވޭގޮތަށް ފުރިހަމަކޮށް ނިންމާ އެރަށުގެ ރައްޔިތުންނާއި ހަވާލުކުރެވޭ ދަނޑަކަށެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްޓީސީސީ)
ކުޅިވަރު ޤާނޫނުގެ ދަށުން ހުރިހާ ކުޅިވަރެއް ލާމަރުކަޒުކޮށް މުޅި ރާއްޖެއަށް ފުޅާ ކުރުމަށް ކުރާ މަސައްކަތަށް ބޭނުންވާ ކުޅިވަރުގެ ވަސީލަތްތައް ކުރިޔަށް އޮތް ދެ އަހަރެއްހާ ދުވަހު ނިންމުމަށް ސަރުކާތުން އަމާޒު ހިފާފައިވާއިރު މި ފުޓްބޯޅަ ދަނޑުތަކަކީ އަތޮޅު މުބާރާތްތަކާއި ޒޯން މުބާރާތްފަދަ މުބާރާތްތައް ބޭއްވުމަށް މުހިންމު ވަސީލަތެކެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
