
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ގައުމީ ޓީމަށް އެކުވެރިކަމުގެ ގިނަ މެޗުތައް ބޭނުންވާކަމަށާއި، ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދެވޭނެ ގޮތެއް ރާވަން ޖެހޭކަމަށް ގައުމީ ޓީމުގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ. އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި ފިލިޕީންސް ބައްދަލުކުރި ދެވަނަ މެޗަށްފަހު ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ޓީމުގެ ކޯޗު ބުނީ މުހިންމު ކަމަކީ ފްރެންޑްލީ މެޗުތައް ގިނައިން ކުޅެގެން ޒުވާން ކުޅުންތެރިން މީގެތެރެއަށް ވެއްދުން ކަމަށެވެ. އަދި ނަތީޖާ ނެރުމަށް ވަގުތު ނަގާނެ ކަމަށެވެ. ޒުވާން ކުޅުންތެރިން ގިނަ ފްރެންޑްލީ މެޗުތައް ނުކުޅެ ރަސްމީ މެޗަކަށް ނެރެން ވުމުން އުނދަގޫވާ ކަމަށާއި، އެ ކުޅުންތެރިންނަށްވެސް އެކަން ވަނީ ވަރަށް ފްރެޝަރު ބޮޑު ކަމަކަށް ކަމަށްވެސް ކޯޗު ފާހަގަކުރިއެވެ.
“އެ ކުދިންނަށް ޕްރެޝަރ ހޭންޑް ކުރެވޭނެތޯ ނުކުރެވޭނެތޯ މި ސުވާލު ކޮންމެސް ވަރަކަށް އުފެދޭ. އެހެންނަމަވެސް ފްރެންޑްލީ ކުޅޭއިރު އަދި މިސްޓޭކް ހެދުނަސް އޯކޭ. އެ ރިޒަލްޓެއް ނޫން މުހިންމީ. އެކަހަލަ މެޗުތައް އަޅުގަނޑުމެން ގިނައިން ކުޅޭ ކަމަށްވާނަމަ ގިނަ ކުޅުންތެރިން ނެރެވޭނެ” ޝިޔާޒް ބުންޏެވެ. މިވީ ދުވަސްކޮޅު އައު ކުދިން ބޭނުން ކުރެވެމުންދާ ކަމަށާއި، އެ ކުދިންގެ ރަނގަޅުކަންވެސް ފާހަގަކުރެވޭ ކަމަށް ޝިޔާޒް ބުންޏެވެ. ސްކޮޑް އެއްފަހަރާ އަލެއްވެސް ނުކުރެވޭ ކަމަށާއި، މިކަން ކުރިޔަށް ގެންދަން ޖެހޭނީ މަޑުމަޑުން ކަމަށް ކޯޗު ބުންޏެވެ. އީތަން އާއި ޠާއިފްގެ މަސައްކަތްވެސް ވަރަށް ހިތްހަމަޖެހޭ ކަމަށް ކޯޗު ފާހަގަކުރިއެވެ. ޓީމުތެރެއަށް ވަނުމާއި ކުޅުމުގެ ތެރެއަށްވަނުންވެސް ވަރަށް ރަނގަޅު ކަމަށް ކޯޗު ފާހަގަ ކުރިއެވެ.
މި ކުދިންގެ މުސްތަގްބަލް އެބައޮތް ކަމަށާއި، ޠާއިފަކީވެސް ވަރަށް ގިނަ ތަންތަނަށް ބޭނުން ކުރެވޭނެ ކުޅުންތެރިއެއް ކަމަށް ޝިޔާޒް ބުންޏެވެ. ޠާއިފުގެ ފުރަތަމަ މެޗުގައި ޕިލިފީންސްއާއި ދެކޮޅަށް ނިކުތުމުގެ ފުރުސަތު ކޯޗު ދިން އިރު އޭނާވަނީ ކެޕްޓަން ސަމޫހުގެ ބަދަލުގައި ދެވަނަ ހާފަށް ކުޅެން އަރުވާފައެވެ. އިލާން އާއި އަހުޒަމު ފަދަ ކުޅުންތެރިން އެބަ ފެންނަ ކަމަށާއި، ގައުމީ ޓީމަށް މިކަލަހަ ކުޅުންތެރިން ގިނަ ކުރެވޭނީ ގިނަ ފްރެންޑްލީތައް ކުޅެ ތަޖްރިބާކާރު ކުޅުންތެރިންނާއެކު ކުޅެމުންގޮސް ތަޖްރިބާ ލިބިގެންކަމަށް ކޯޗު ފާހަގަކުރިއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
