
އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފަހު ހަ ޖާގަ އަށް ވާދަކުރާ 22 ގައުމުގެ ތެރެއިން ގަދަ ހަ ގައުމު ސީޑްކޮށްފިއެވެ. 48 ގައުމު ބައިވެރިކޮށްގެން ބާއްވާ ވޯލްޑް ކަޕުގެ ފަހު ޖާގަ ލިބޭ ގައުމުތައް ކަނޑައަޅާނީ ކޮލިފައިންގެ ގްރޫޕް ސްޓޭޖުން ފެއިލްވި ގައުމުތަކުގެ މެދުގައި އިންޓަކޮންޓިނެންޓަލް ޕްލޭއޯފް މުބާރާތްތަކެއް ކުޅެގެންނެވެ. މި ގޮތުން ޔޫރަޕުގެ ގައުމުތައް ވާދަކުރާނީ ވަކިންނެވެ. އެހެން ބައްރުތައް ވާދަކުރާނީ ވަކި މުބާރާތެއްގަ އެވެ.
ޔޫރަޕުގެ ޕްލޭއޯފް ކުޅޭނެގޮތް:
ޔޫރަޕުގެ ޕްލޭއޯފް މުބާރާތުގައި ވާދަކުރާ 16 ގައުމު ބަލާހާފައިވަނީ ހަތަރު ގްރޫޕަކަށެވެ. މި ހަތަރު ގްރޫޕަށް ސީޑްކޮށްފައިވަނީ އިޓަލީ އާއި ޑެންމާކް އަދި ތުރުކީ އާއި ޔުކްރޭނެވެ. މި ޓީމުތައް ސެމީ ފައިނަލުގައި ވާދަ ކުރާނީ 16 ޓީމު ހަތަރު ކެޓަގަރީއަކަށް ބަލާއިރު އެންމެ ދަށް ކެޓަގަރީގައިވާ ހަތަރު ގައުމުގެ ތެރެއިން ގައުމަކާ އެވެ. އެއީ ސްވިޑްން އާއި ރޫމޭނިޔާ އާއި އުތުރު މެސެޑޯނިއާ އާއި އުތުރު އަޔަލޭންޑެވެ.
ސެމީ ފައިނަލުގައި ދެން ވާދަ ކުރާނީ ދެ ވަނަ ކެޓަގަރީގައިވާ ގައުމުތަކާއި ތިން ވަނަ ކެޓަގަރީގައިވާ ގައުމުތަކެވެ. ދެ ވަނަ ކެޓަގަރީގައި ހިމެނެނީ ޕޮލެންޑާއި ވޭލްސް އާއި ޗެކް ރިޕަބްލިކާއި ސްލޮވާކިޔާ އެވެ. މި ހަތަރު ގައުމު ނުކުންނާނީ ތިން ވަނަ ކެޓަގަރީގައިވާ ހަތަރު ގައުމުގެ ތެރެއިން ކޮންމެވެސް އެއް ގައުމަކާ ދެކޮޅަށެވެ. އެއީ އަޔަލޭންޑާއި އަލްބާނިއާ އަދި ބޮސްނިޔާ އާއި ކޮސޯވޯކުރެ ގައުމަކާ ދެކޮޅަށެވެ. ވޯލްޑް ކަޕަށް ކޮލިފައިވާނީ ކޮންމެ ގްރޫޕެއްގެ ވެސް ސެމީ ފައިނަލުން މޮޅުވާ ދެ ގައުމު ފައިނަލްގައި ކުޅެ މޮޅުވާ ގައުމެކެވެ.

ބާކީ ދެ ޖާގަ ލިބޭނީ ކޮން ބަޔަކަށް؟
ޔޫރަޕް ފިޔަވައި އެހެން ބައްރުތަކުގެ ގައުމުތައް ވާދަ ކުރާނީ ވަކި މުބާރާތެއްގަ އެވެ. މި ގޮތުން ކޮލިފައިން މުބާރާތަށް ހޮވުނު ހަ ގައުމު ވަނީ ދެ ގްރޫޕަކަށް ބަލާހައިފަ އެވެ. މި ގައުމުގެ ތެރެއިން ދުނިޔޭގެ ރޭންކިންގެ އެންމެ ކުރީގައިވާ ދެ ގައުމު ވަނީ ކޮންމެ ގްރޫޕެއްގެ ވެސް ފައިނަލަށް ގެންގޮސްފަ އެވެ. އެއީ އޭޝިޔާ އަށް ނިސްބަތްވާ އިރާގާއި އެފްރިކާ ސަރަހައްދުގެ ޕްލޭއޯޕް މުބާރާތް ކާމިޔާބު ކުރި ކޮންގޯ އެވެ. ފައިނަލުގައި މި ދެ ގައުމާ ބައްދަލުކުރާނެ ދެ ޓީމު ހޮވާނީ ބާކީ އޮތް ހަތަރު ގައުމު ކުޅޭ ސެމީ ފައިނަލް ދެ މެޗުންނެވެ. ސެމީ އަށް ހޮވާފައިވާ ހަތަރު ގައުމަކީ ޖެމެއިކާ އާއި ބޮލީވިއާ އާއި ސުރިނާމޭ އާއި ނިއު ސެލެޑޯނިއޯ އެވެ. އިންޓަކޮންޓިނަލް މުބާރާތްތަކުގެ ގުރު ނެގުން އޮންނާނީ މިރޭ ސްވިޒަލޭންޑްގެ ވެރިރަށް ޒިއުރިކްގަ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
