
އަންނަ އަހަރު އެމެރިކާގައި ބާއްވާ ދުނިޔޭގެ ތަށްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތުގެ 12 ގްރޫޕަށް ޓީމުތައް ސީޑްކޮށްފިއެވެ. މުބާރާތް ކުޅޭ 48 ގައުމު ކުޅޭނެ ގޮތުގެ ގުރު ނެގުމަށް ތައްޔާރުވުމަށް ޓީމުތައް ސީޑްކުރިއިރު އެއްވަނަ ސީޑުން ޖާގަ ގެއްލުނު އެންމެ ގަދަ ގައުމަކީ ކްރޮއޭޝިޔާ އެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕު ފައިނަލް ކުޅެ އެންމެ ފަހުގެ ވޯލްޑް ކަޕުގެ ތިން ވަނަ ހޯދި ގައުމު ލައްވާލީ ދެ ވަނަ ސީޑުގަ އެވެ. މީގެ މައިގަނޑު ސަބަބަކީ ރޭ އިއުލާނުކުރި ފީފާ ރޭންކިންގައި ކްރޮއޭޝިޔާ ގަދަ ނުވަ ގައުމުގެ ތެރޭގައި ނުހިމެނުމެވެ. އެ ގައުމު ލައްވާކީ 10 ވަނަ އަށެވެ.
އެއްވަނާގައި ސީޑްކޮށްފައިވާ 12 ގައުމުގެ ތެރޭގައި ހިމެނެނީ އެންމެ ފުރަތަމަ ހިމަނާފައިވަނީ މުބާރާތް ބާއްވާ ތިން ގައުމެވެ. އެމެރިކާ އާއި ކެނެޑާ އާއި މެކްސިކޯ އެވެ. އޭގެ ފަހުން ދުނިޔޭގެ ރޭންކިންގެ އެންމެ ގަދަ ނުވަ ގައުމެވެ. އެއީ ޔޫރަޕުގެ ޗެމްޕިއަން ސްޕޭނާއި ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ އާއި ރޭންކިންގެ ތިން ވަނާގައިވާ ފްރާންސް އަދި ހަތަރު ވަނާގައިވަނީ އިނގިރޭސިންގެ އިތުރުން ފަސް ވަނާގައިވާ ބްރެޒިލާއި ހަވަނާގައިވާ ޕޯޗުގަލް އާއި ހަތް ވަނާގައިވާ ނެދަލޭންޑްސް އަދި އަށް ވަނާގައިވާ ބެލްޖިއަމާއި ނުވަނާގައިވާ ޖަރުމަނެވެ. މީގެ ތެރެއިން ބްރެޒިލް އަކީ ވޯލްޑް ކަޕުގެ އެންމެ ކާމިޔާބު ގައުމެވެ. މިހެން ކަމުން ވޯލްޑްކަޕުގެ ގްރޫޕްތައް ބެހިގެންދާނީ މި ޓީމުތައް ހިމެނޭ ގޮތަށެވެ. 48 ގައުމު ހަތަރު ކެޓަގަރީއަކަށް ބައިކޮށްފައިވާއިރު ކޮންމެ ކެޓަގަރީއަކުން ވެސް ކޮންމެ ގްރޫޕަކަށް ދާނީ އެއް ޓީމެވެ. ކެޓަގަރީތައް ބަހާލާފައިވަނީ އެންމެ ފަހުގެ ފީފާ ރޭކިންގައިވާ ތަރުތީބުންނެވެ.
މި ގޮތުން ދެ ވަނަ ސީޑް ނުތަވަ ދެ ވަނަ ކެޓަގަރީގައި ވަނީ ކްރޮއޭޝިޔާ އާއި މޮރޮކޯ އާއި ކޮލަމްބިއާ އާއި އުރުގުއޭ އާއި ސްވިޒަލޭންޑް އަދި ޖަޕާނާއި ސެނެގާލް އާއި އިރާން އަދި ދެކުނު ކޮރެޔާ އާއި އިކުއެޑޯ އާއި އޮސްޓްރިއާގެ އިތުރުން އޮސްޓްރޭލިޔާ އެވެ. ތިން ވަނަ ކެޓަގަރީގައި ހިމެނެނީ އަލަށް ވޯލްޑް ކަޕަށް ހޮވުނު ނޯވޭ އާއި ޕެނަމާ އާއި މުސުރާއި އަލްޖީރިއާ އާއި ސްކޮޓްލޭންޑާއި ޕެރެގުއޭ އާއި ޓިއުނީޝިޔާ އާއި އައިވަރީ ކޯސްޓް އަދި އުޒުބަކިސްތާނާއި އެންމެ ފަހުގެ ވޯލްޑް ކަޕް ބޭއްވި ގަތަރާއި ސައޫދީ އަރަބިއާ އާއި ދެކުނު އެފްރިކާ އެވެ. އެންމެ ފަހު ކެޓަގަރީގައި ހިމެނެނީ ޖޯޑަން އާއި ކޭޕްވާދޭ އާއި ގާނާ އާއި އެންމެ އާބާދީ މަދު ގައުމުގެ ގޮތުގައި މިހާތަނަށް ވޯލްޑް ކަޕަށް ކޮލިފައިވި މެދުތެރޭ އެމެރިކާގެ ކުރަކާއޯ އާއި ހައިޓީ އާއި ނިއުޒީލޭންޑެވެ. މި ކެޓަގަރީގެ ބާކީ ހަ ޖާގައިގެ ތެރެއިން ހަތަރު ޖާގަ ލިބޭނީ ޔޫރަޕުގެ ޕްލޭއޯފް ޗެމްޕިއަނުންނަށެވެ. އަނެއް ދެ ޖާގަ ލިބޭނީ އެހެން ބައްރުތަކުގެ ޕްލޭއޯފުން ކުރި ހޯދާ ދެ ޓީމަށެވެ.
ވޯލްޑް ކަޕް ގުރު ނެގުން އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އެމެރިކާގަ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
