
ދުނިޔޭގެ ފުޓްބޯޅަ ރޭންކިންގައި މަޝްހޫރު ބްރެޒިލާއި އެމެރިކާ ކުރިއަށް ޖެހިލައި، އެއްވަނަ މަގާމު ސްޕޭން ދަމަހައްޓައިފިއެވެ. ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ފީފާއިން ރޭ ނެރުނު ރޭންކިންގައި ގަދަ ހަތަރު ޓީމުގެ މަގާމަކަށް ބަދަލެއް ނާދެ އެވެ. އެއްވަނަ ޔޫރަޕުގެ ޗެމްޕިއަން ސްޕޭނަށް ދެ ވަނަ ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ އަށް ލިބުނުއިރު ތިން ވަނާގައި ފްރާންސް އަދި ހަތަރު ވަނާގައިވަނީ އިނގިރޭސިންނެވެ. ބްރެޒިލް ވަނީ ދެ ދަރަޖައިގެ ކުރިއެރުމަމާއެކު ގަދަ ފަހަކަށް ވަދެފަ އެވެ. ގަދަ 10ގައުމުގެ ތެރޭގައި ދެން ހިމެނެނީ ހަ ވަނާގައިވާ ޕޯޗުގަލް އާއި ހަތް ވަނާގައިވާ ނެދަލޭންޑްސް އަދި އަށް ވަނާގައިވާ ބެލްޖިއަމާއި ނުވަނާގައިވާ ޖަރުމަނާއި 10 ވަނަ ލިބުނު ކްރޮއޭޝިޔާ އެވެ. މީގެ ތެރެއިން ޖަރުމަނާއި ކްރޮއޭޝިޔާ އެއް ދަރަޖަ ކުރިއަށް ޖެހުނުއިރު ޕޯޗުގަލް އާއި ނެދަލޭންޑްސް ވަނީ އެއް ދަރަޖަ ފަހަތަށް ޖެހިފަ އެވެ.
އަންނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާ މައި ގައުމު އެމެރިކާ ވަނީ ދެ ދަރަޖައިގެ ކުރިއެރުމެއް ހޯދައިފަ އެވެ. މިހާރު އެއީ ދުނިޔޭގެ ރޭންކިންގެ 14 ވަނަ ގައުމެވެ. އެމެރިކާއާއެކު ވޯލްޑް ކަޕް ބާއްވާ އަނެއް ދެ ގައުމު ތެރެއިން މެކްސިކޯ އޮތީ 15 ވަނާގަ އެވެ. އެއް ދަރަޖަ ވަނީ ފަހަތަށް ގޮސްފަ އެވެ. އެއް ދަރަޖަ ކުރިއަށް ޖެހި ކެނެޑާ އޮތީ 27 ވަނާގަ އެވެ. މި ފަހަރުގެ ރޭންކިގައި ވެސް އޭޝިޔާއިން އެއްވަނަ ލިބުނީ ޖަޕާނަށެވެ. އެއް ދަރައިގެ ކުރިއެރުމަކާއެކު ޖަޕާން ވަނީ 18 ވަނާގަ އެވެ. ދެވަނާގައިވަނީ ދުނިޔޭގެ 20 ވަނާގައި ހިމެނުނު އިރާނެވެ. ދެކުނު ކޮރެޔާ އަށް ލިބިފައިވަނީ ދުނިޔޭގެ 22 ވަނަ އެވެ. ސައުދީ އަރަބިއާ އަށް 60 ވަނަ އެވެ. ކުރިއަށްވުރެ ދެ ދަރަޖަ ވަނީ ފަހަތަށް ވެއްޓިފަ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
