
ނިމިގެން މިދާ 2025 ވަނަ އަހަރުގެ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް މޮރޮކޯގެ ޑިފެންޑަރ އަޝްރަފް ހަކީމީ ހޯދައިފި އެވެ. ފްރާންސްގެ ޕީއެސްޖީ އަށް ކުޅެމުންދާ އުމުރުން 27 އަހަރުގެ އަޝްރަފް ހަކީމީ އާއި މި މަގާމަށް އެންމެ ގާތުން ވާދަކޮށްފައިވަނީ އިންގްލެންޑްގެ ލިވަޕޫލް އަށް ކުޅެމުންދާ މިސްރުގެ ފޯވަޑް މުހައްމަދު ސަލާ އާއި ނައިޖީރިޔާގެ ވިކްޓަރ އޮސިމްހޭން އެވެ. ހަކީމީ ވަނީ ނިމިގެންދިޔަ ފުޓްބޯޅަ ސީޒަނުގައި ފްރެންޗް ލީގުގެ ޗެމްޕިއަންކަން ޕީއެސްޖީ އަށް ހޯދައިދިނުމުގެ އިތުރުން ފުރަތަމަ ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި ޕީއެސްޖީ އަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. 2023 ވަނަ އަހަރުގެ އިތުރުން 2024 ވަނަ އަހަރު ވެސް މި މަގާމަށް ވާދަކުރި ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަޝްރަފް ހަކީމީ އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދިއިރު އޭނާ ވެފައިވަނީ 1998 ވަނަ އަހަރު މޮރޮކޯގެ މުސްތަފާ ހާޖީ އަށް ފަހު މި މަގާމަށް ހޮވުނު އެ ގައުމުގެ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އިންޓަރ މިލާން އަތުން 5-0 ގެ ނަތީޖާއަކުން ޕީއެސްޖީ މޮޅުވި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައިވާ ހަކީމީ އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުމަށްފަހު ބުނެފައިވަނީ މި އެވޯޑަކީ އޭނާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. “މި އެވޯޑަކީ އަހަރެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއް އަދި މިއީ އަހަރެންނަށް އެކަނި ލިބުނު އެވޯޑެއް ނޫން. މިއީ ކާމިޔާބީ ހޯދުމަށް މަސައްކަތް ކުރަމުންދާ ހުރިހާ ފަރާތްތަކަށް ލިބިގެންދިޔަ އެވޯޑެއް.” ހަކީމީ ބުންޏެވެ. މޮރޮކޯގެ ވެރިރަށް ރަބަތް ގައި ބޭއްވި ކޮންފެޑަރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ސީއޭއެފް) ގެ އެވޯޑް ގައި އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިއަކަށް ހޮވިފައިވަނީ މޮރޮކޯގެ އަންހެން ފުޓްބޯޅަ ޓީމުގެ ކެޕްޓަން ގިޒަލާން ޗެބަކް އެވެ.
އެފްރިކާގެ މޮޅު ކުޅުންތެރިން ހޮވަނީ ސީއޭއެފްގެ ޓެކްނިކަލް ކޮމިޓީގެ މެމްބަރުންނާއި އެފްރިކާގެ ކުޅިވަރު ނޫސްވެރިންގެ އިތުރުން ކުޅުންތެރިންނާއި ކޯޗުންނެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
