
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިމަހުގެ 22 އިން 30 އަށް ތައިލޭންޑްގެ ޗޮންބުރީގައި ފެށުމަށް ހަމަޖެހިފައިވާ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ 17 އަހަރުންދަށުގެ ގައުމީ ޓީމު ފުރައިފިއެވެ. ކޮލިފައިން ވާދަކުރުމަށް ޒުވާން ގައުމީ ޓީމު މިއަދު ފުރާފަވަނީ ޓީމުގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް ޓީމުގައި ނުހިމަނައެވެ.
ކޮލިފައިންގައި ރާއްޖެ ލައްވާލާފައިވަނީ ގްރޫފް އެފް ގައެވެ. ރާއްޖޭގެ އިތުރުން ދެން މި ގްރޫޕްގަ ހިމެނެނީ ކޮލިފައިން ބާއްވާ ގައުމުކަމަށްވާ ތައިލޭންޑު، ކުވައިތު އަދި ތުރްކަމަނިސްތާނުގެ އިތުރުން މޮންގޯލިއާއެވެ. ކޮލިފައިންގައި ރާއްޖެއިން ވާދަކުރުމަށް ހަމަޖެހިފައިވާ ގޮތަށް ބަލާއިރު އެންމެ ފުރަތަމަ ޒުވާން ގައުމީ ޓީމުން ނުކުންނާނީ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު މޮންގޯލިއާ އާއި ދެކޮޅަށެވެ. އެއަށްފަހު އޭގެ ހަތަރު ދުވަސް ފަހުން ކޮލިފައިން ކުރިއަށްދާ ގައުމުކަމަށްވާ ތައިލޭންޑާ ދެކޮޅަށް ކުޅޭނެއެވެ. އަދި ކުވައިތާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފަވަނީ މިމަހުގެ 28 ވަަނަ ދުވަހުއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މުބާރާތަށް ފުރުމުގެ ކުރިން ގްރޭޓާ މާލެ ބަސް ޓާމިނަލުގައި ހުރެ ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ޓީމުގެ ކޯޗު ޞަބާހު މުޙައްމަދު (ސޮބާ) ބުނީ ޓީމުގެ ފަރިތަކުރުންތައް އެންމެ އެދެވޭ ގޮތަކަށް ނުދިޔަކަމަށާ ޓީމުގެ ވަރަށް މުހިންމު ގިނަ ކުޅުންތެރިންތަކަކަށް އެކި ސަބަބުތަކާ ހުރެ ޓީމުގައި ބައިވެރިނުވެވުމަކީ ދިމާވި ގޮންޖެހުމެއްކަމަށެވެ. ސޮބާ ބުނީ ޓީމުގެ އަސްލު ފެންވަރު ފެނިގެންދާނީ އެއްވެސް ކުޅުންތެރިއަކު މަދުނުވެ ޓީމުގެ ހުރިހާ ކުޅުންތެރިންގެ ހިއްސާއާއި އެކުކަމަށެވެ. “ހަގީގަތަށް ބުނާނަމަ ވަރަށް މުހިންމު މިއޭޖް ގްރޫޕުގަ ކުޅެވޭކަމަށްވަންޏާ އިލާންމެން ކަހަލަ ކުޅުންތެރިއެއްވެސް. އެހެންނަމަވެސް ޓެސްޓުތަކާއި މިކުދިންގެ ވަރަށް މުހިންމު އަހަރެއް މިއީ. 16 އަހަރު ކުދިންވީމަ އެމީހުންގެ އޯލެވެލްއާއި މޮކްއާއި ހުރިހާކަމެއް އެބަ ދިމާވޭ. މީގަ އަސްލު މެކްސިމަމް ސްޓްރެންތު ނެރެވޭނީ ހަމަ އަޅުގަނޑު ބުނާނީ މީގަ ހުރިހާ ކުދިންވެސް ލައިގެން” ކޯޗު ބުންޏެވެ.
17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރުމުގެ ކުރިން ރާއްޖޭގެ ޒުވާން ގައުމީ ޓީމުންވަނީ ފަލަސްޠީނުގެ ގައުމީ ޓީމާ ދެމެދު އެކުވެރިކަމުގެ ދެ މެޗު ކުޅެފައެވެ. މި ދެ މެޗުވެސް ރާއްޖެއަށް ގެއްލުނުނަމަވެސް މިއީ ޒުވާން ޓީމަށް ލިބުނު ރަނގަޅު ތަޖުރިބާއެއްކަމަށް ކޯޗުވަނީ ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
