
ދުނިޔޭގެ ފުޓްބޯޅަ ރޭންކިންގައި އިންޑިޔާ ހަ ދަރަޖަ ފަހަތަށް ވެއްޓުނުއިރު ރާއްޖެ ކުރީގެ މަގާމު ދިފާއުކޮށްފި އެވެ. ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ފީފާއިން ރޭ ނެރުނު ރޭންކިންގައި ދެކުނު އޭޝިޔާގެ ހަތް ގައުމުގެ ތެރެއިން މަގާމަށް ބަދަލެއް ނާންނަ ހަމައެކަނި ގައުމަކީ ރާއްޖެ އެވެ. ދިވެހިނަކީ ދުނިޔޭގެ 173 ވަނަ އެވެ. އިންޑިޔާ ހަ ދަރަޖަ ފަހަތަށް ވެއްޓި މިހާރު ލިބިފައިވަނީ ދުނިޔޭގެ 142 ވަނަ އެވެ. ސާކުގެ ގައުމުތަކުގެ ތެރެއިން ކުރިއެރުން ލިބުނީ ހަމައެކަނި ބަނގްލަދޭޝް އަށެވެ. އެ ގައުމު ތިން ދަރަޖަ ކުރިއަށް ޖެހި މިހާރު އޮތީ ދުނިޔޭގެ 180 ވަނާގަ އެވެ.
ނޭޕާލް ދެ ދަރަޖަ ފަހަތަށް ، އަދި ބޫޓާން ވަނީ ތިން ދަރަޖަ ފަހަތަށް ވެއްޓިފަ އެވެ. ލަންކާ އާއި ޕާކިސްތާން ވެސް ވަނީ އެއް ދަރަޖަ ފަހަތަށް ވެއްޓިފަ އެވެ.
ސާކް ގައުމުތަކުގެ ރޭންކިން:
142 ވަނަ އިންޑިޔާ
173 ވަނަ ދިވެހިރާއްޖެ
180 ވަނަ ބަނގްލަދޭޝް
182 ވަނަ ނޭޕާލް
192 ވަނަ ބޫޓާން
194 ވަނަ ސްރީލަންކާ
199 ވަނަ ޕާކިސްތާން
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
