
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެފައިވަނީ، ކުރިއާ އަޅާބަލާއިރު ގޭންގުތަކުން ހިންގާ ކުށްތައް %23 މަދުވެފައިވާ ކަމަށެވެ. މިކަން އެނގުނީ ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއަކުންނެވެ. ވަޒީރު ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްކަންދެއްވާ އިޖުތިމާޢީ މައްސަލަތަކުގެ ތެރޭގައި ގޭންގުތައް ހުއްޓުވުން ހިމެނެއެވެ. ކުރިން ގޭންގު ކުށްތައް ހުއްޓުވުމާ ގުޅޭ ޤާނޫނު އޮތްގޮތުން ހައްލެއް ހޯދުމަށް ދަތިތައް ހުރުމާއެކު، ފުރަތަމަވެސް ގޭންގު ކުށްތަކާ ބެހޭ ޤާނޫނު އިސްލާޙު ކުރެވުނެވެ.
ޤާނޫނު އިސްލާޙު ކުރުމަށްފަހު ފުލުހުންގެ ތެރޭގައި ގޭންގު ކުށްތައް ހުއްޓުވުމަށް ޚާއްސަ ތަޙުޤީޤީ ޔުނިޓެއް އުފައްދައި، މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ގޭންގު ކުށްތައް %23 މަދުވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ގޭންގުގެ މައްސަލަ ރައްޔިތުން ޤަބޫލުކުރާ މިންވަރަށް ހައްލުކުރާނެ ކަމުގެ ޔަގީންކަން ވެސް ވަޒީރު ދެއްވިއެވެ.
ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު މަސްތުވާތަކެއްޗާއި، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައިގެ އިތުރުން ގޭންގު ކުށްތައް ހުއްޓުވުން ހިމެނޭ ތިން މައިގަނޑު އިޖުތިމާޢީ މައްސަލަ ހައްލުކުރައްވާނެ ކަމަށް ވިދާޅުވެފައިވެއެވެ. މިގޮތުން ގޭންގު ކުށްތަކާ ދެކޮޅަށް ހިންގާ އިންތިޒާމުވެގެން ކުރާ ކުށްތައް ހުއްޓުވުމުގެ ޤާނޫނު ރައީސް ތަޞްދީޤުކުރެއްވީ މިއަހަރުގެ މެއި 25 ގައެވެ. އޮގަސްޓު 25 ގައި މި ޤާނޫނަށް ޢަމަލުކުރަން ފެށި ފަހުން ތިން މީހުން ހައްޔަރުކޮށްފައި ވެއެވެ. މި ޤާނޫނުގެ ދަށުން ގޭންގުތައް ކޯޓުން ކަނޑައަޅައި، އެ ގޭންގުތަކުގެ މެންބަރުންނަށް ބޮޑެތި އަދަބުތައް ތަންފީޒު ކުރެވޭނެއެވެ. މި ސަރުކާރުން މިކަމަށް ކުރާ މަސައްކަތަކީ ކުރިން ފެނިފައިނުވާފަދަ ހިތްވަރުގަދަ މަސައްކަތެކެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
