
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވީ، އަތޮޅު ކައުންސިލްތަކަކީ ލާމަރުކަޒީ ނިޒާމުގައި ބުރަބޮޑު އިތުރު ލޭޔަރއެއް ކަމަށާއި އެއީ ނައްތާލަންޖެހޭ ނިޒާމެއް ކަމަށެވެ. މިހެން އޭނާ ވިދާޅުވީ ސަރުކާރުން ޤާނޫނު އަސާސީއަށް ހުށަހެޅި އިސްލާޙުތަކާ ގުޅޭގޮތުން މަޖިލީހުގައި ބަހުސް ކުރައްވަމުންނެވެ. ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާޙުގައި، އަތޮޅު ކައުންސިލްތައް އުވާލުމަށް ހިމަނާފައިވާއިރު، ޝުޖާޢު ވިދާޅުވީ އެކައުންސިލްތައް އުވާލުމުން ރަށު ކައުންސިލްތައް އިތުރަށް ބާރުވެރިވެ ހަރުދަނާ ވެގެންދާނެ ކަމަށެވެ. އަދި މިހާރު ރަށު ކައުންސިލްތަކުގެ ހިންގުމުގެ އޮނިގަނޑުގައި ދަތިތަކެއް ހުރިކަމަށާއި، މާލެ ސިޓީ ކައުންސިލާ އެއްގޮތަށް ރަށު ކައުންސިލްތަކުގެ އޮނިގަނޑުވެސް ބަދަލުކުރަންޖެހޭ ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ. މިއީ ރައީސްގެ ވިސްނުމެއްކަމަށްވެސް ޝުޖާޢު ފާހަގަކުރެއްވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
މި އިސްލާޙުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނިސްބަތްވާ ޕާޓީން ވަކިކޮށްފިނަމަ، އެ ގޮނޑިއާ ގުޅޭގޮތުން ގޮތް ނިންމުމުގެ ބާރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ނަގައި ގޮތް ނިންމުމަށްވެސް ވަނީ ހިމަނާފައެވެ. މިއީ އެންމެފަހު ބަސް ބުނުމުގެ ބާރު ރައްޔިތުންނަށް ދިނުން ކަމަށް ޝުޖާޢު ތާއީދު ކުރެއްވިއިރު، ބިލަށް ބަހުސް ކުރެއްވި ގިނަ މެންބަރުން ވަނީ އަތޮޅު ކައުންސިލް އުވާލުމަށް ތާޢީދު ކުރައްވާފައެވެ. ނަމަވެސް، މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ހުށަހެޅުނު އިސްލާޙަށް ތާޢީދު ނުކުރައްވާ ކަމަށް ގިނަ މެންބަރުން ވިދާޅުވިއެވެ. އެމެންބަރުން ދެކޭގޮތުގައި މިކަމުގެ ސަބަބުން އެއް ގޮނޑިއަކަށް ދެ އިންތިޚާބު ބާއްވަން ޖެހި ޚަރަދު ބޮޑުވެ، ސިޔާސީ ޕާޓީއަކަށް ތާއީދުކޮށް އިންތިހާބުވާ މެންބަރަކު އެ ޕާޓީން ވަކިވާ ހާލަތެއްގައިވެސް ދެވަނަ ފަހަރަށް ގޮނޑިއަށް ވާދަކުރަން ޖެހޭނީ ރައްޔިތުންގެ ވޯޓަކުންނެވެ.
މި ބިލުގައި ގުޅުން ނެތް ދެ މާއްދާއަކަށް އިސްލާޙު ހުށަހަޅާފައިވުމުން ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވި ނަމަވެސް، މަޖިލީހުގެ ޤާނޫނީ ޓީމުން ބެލުމަށްފަހު ބިލު ތަޅުމަށް ހުށަހެޅިފައިވާ ކަމަށް ރިޔާސަތުން ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
