
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ސަބަބުން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ޤަދަރު އުފުލި، ބަސްވިކޭ ޤައުމަކަށް ވެފައިވާކަމަށެވެ. މި ސިޔާސަތުގެ މައިގަނޑު އަސާސަކީ ރާއްޖެއާއި ދިވެހިންގެ މަސްލަޙަތު އިސްކުރުން ކަމަށާއި، ރާއްޖެއަށް ފައިދާހުރި ކޮންމެ ކަމެއް ކޮށްދޭ ފަރާތަކާއެކުވެސް ގާތްގުޅުމެއް ބާއްވާނެ ކަމަށެވެ. “މޯލްޑިވްސް ފަސްޓް ޕޮލިސީ” އަކީ ބޭރުގެ ޤައުމުތަކުންވެސް ބަލައިގަންނަ ސިޔާސަތެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ރައީސްގެ މި ސިޔާސަތުގެ ތެރެއިން ބޭރު ޤައުމުތަކާއެކު އޮންނަ ގުޅުން މިހާތަނަށް ދުވަހަކުވެސް ބަދަހި ނުވާ މިންވަރަށް ބަދަހިވެފައިވާއިރު، އިންޑިއާ، ޗައިނާ، ޢަރަބި ޤައުމުތައް އަދި އެނޫންވެސް ދުރު ސަރަޙައްދުތަކުގެ ޤައުމުތަކާ ސްޓްރެޓިޖިކް ގުޅުންތަކެއް ވަނީ ޤާއިމުކުރެވިފައެވެ. އދ. ގެ ޖެނެރަލް އެސެމްބްލީގެ ނައިބު ރައީސްކަމާއި، އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުގެ ނައިބު ރައީސްކަން ރާއްޖެއިން އަދާކުރުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ވަރުގަދަކަން ދައްކުވައިދޭ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު ރާއްޖެއިން ބޭރަށް ކުރެއްވި ހައި ލެވެލް ސްޓޭޓް ވިޒިޓްތަކާއި، ބޭރުގެ ލީޑަރުން ރާއްޖެއަށް ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ބޭނުންވާ އެހީތެރިކަން ހޯދައި، އިޤްތިޞާދު ހަމަމަގަށް އެޅުވުމަށް މުހިންމު މަސައްކަތްތަކެއް ކުރެވިފައިވެއެވެ. މީގެ އިތުރުން ފަލަސްޠީނުގެ ހައްޤުގައި ރާއްޖެއިން ބައިނަލްއަޤްވާމީ މައިދާނުގައި ކުރަމުންދާ މަސައްކަތްތަކަށް މުޅި ދުނިޔެއިން ތަޢުރީފު ލިބެމުންދާއިރު، ރާއްޖެއަކީ ހަމަޔާއި އިންސާފަށް ލޯބިކުރާ، އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ޤައުމެއްކަން މިކަމުން ދުނިޔެއަށް ސާބިތުކޮށްދެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
