
(ފޮޓޯ ކްރެޑިޓްސް: ޒުވާން މަސްވެރިޔާ)
ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ޓޫރިސްޓު ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ބަޔަކު ހޯދުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން އަނެއްކާވެސް އިއުލާންކޮށްފިއެވެ. މިރަށުގައި ހޮޓަލެއް ތަރައްޤީ ކުރުމަށް ބަޔަކު ހޯދަމަށް ފުރަތަމަ އިޢުލާން ކުރީ، މިދިޔަ ޖޫން މަަހުގެ 25 ވަނަ ދުވަހުއެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ބާރަށުގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ 71,832 (ހަތްދިހަ އެއްހާސް އަށްސަތޭކަ ތިރީސް ދޭއް) މީޓަރުގެ ބިމުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އަލުން ބީލަމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިގޮތަށް ނިންމީ، ކުރިން ހުޅުވާލި ފުރުސަތަށް އެދެވޭ މިންވަރަށް ހުށަހެޅުންތައް ލިބިފައިނުވާތީ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ، ބާރަށުގައި ޓޫރިސްޓު ހޮޓަލެއް ތަރައްޤީކުރަން ބޭނުންވާ ފަރާތްތަކަށް 23 ޑިސެންބަރު 2025ވާ އަންގާރަ ދުވަހުގެ 10:00 ގައި ވަރޗުއަލްކޮށް ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް އޮންނާނެ ކަމަށެވެ. އަދި 27 ޖަނަވަރީ 2026 ވާ އަންގާރަ ދުވަހުގެ 10:00 އަށް އެ ވުޒާރާއަށް ހާޟިރުވެ ބީލަން ހުށަހެޅުއްވުމަށް އެދޭ ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ޒުވާން މަސްވެރިޔާ)
މީގެއިތުރުން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި، 22 ޑިސެންބަރު 2025 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން އެވުޒާރާގެ އީމެއިލް އެޑްރެސްއަށް ބައިވެރިވާ ފަރާތެއްގެ ނަމާއި، އީމެއިލް އެޑްރެސް އަދި ފޯނު ނަންބަރު އީމެއިލް ކުރެއްވުން އެދޭ ކަމަށްވެސް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އަދި ބީލަން ފޮތް ލިބޭނީ، 19 ނޮވެންބަރު 2025 ވާ ބުދަ ދުވަހުން ފެށިގެން 26 ޖަނަވަރީ 2026 ވާ ހޯމަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 13:00 އާއި ދެމެދު އެވުޒާރާގެ ރިސެޕްޝަނުން ނުވަތަ އީމެއިލްގެ ޒަރިއްޔާއިންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަތޮޅުތަކުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިދިޔަ އަހަރު ހއ.ބާރަށަށް ވަޑައިގެން ވިދާޅުވީ، ތިމާވެއްޓާއި ރަށްޓެހި ނުވަތަ އީކޯ ޓޫއަރިޒަމްގެ ބިޔަ މަޝްރޫޢެއް ސަރުކާރުން ބާރަށުގައި ކުރިއަށް ގެންދެއްވާނެ ކަަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބައިނަލްއަޤްވާމީ ބިޑިންއަކަށް ހުޅުވާލައިގެން އިކޯ ޓުއަރިޒަމް މަޝްރޫޢު ކުރިއަށް ގެންދަވާނީ، އަމިއްލަ ފަރާތްތަކަށް ފުރުޞަތު އިތުރު ކުރުމަށް ކަމަށެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ރަށުގައި ވަޒީފާގެ ފުރުޞަތުތަކާއި އާމްދަނީ އިތުރުވެ، ރަށުގެ އާއްމު ހާލަތުވެސް ރަނގަޅުވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
