
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސަޢޫދީ ޢަރަބިއްޔާއިން އެމެރިކާގައި 1 ޓްރިލިޔަން އެމެރިކާ ޑޮލަރު ވުނަކުރުމަށް ނިންމާފައިވާ ކަން އިޢުލާނު ކޮށްފިއެވެ. މި ކަން ހާމަކުރައްވާފައި ވަނީ ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން އަލް-ސުޢޫދެވެ. ހަތް އަހަރަށް ފަހު ވޮޝިންގްޓަނަށް ކުރައްވަމުން ގެންދަވާ ފުރަތަމަ ދަތުރުފުޅުގައި ވަލީއަޙުދު މުޙައްމަދު ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލު ކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ. އަދި، އޭނާގެ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއް ސޮއި ކުރެވިގެން ދިޔައެވެ.
ސަޢޫދީ ޢަރަބިއްޔާއާ އެކު އޮތް ގުޅުންތައް އިތުރަށް ހަރުދަނާ ކުރެއްވުމަށް ޓްރަމްޕް ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އޭނާ ސިފަ ކުރެެއްވި ގޮތުގައި، ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)ގެ މެންބަރު ޤައުމުތަކުގެ ބޭރުން އެމެރިކާގެ އެންމެ ގާތް އެއް ބައިވެރިއަކީ ސަޢޫދީ ޢަރަބިއްޔާއެވެ. ޓްރަމްޕްގެ ޙަޤީޤީ މަޤުޞަދަކީ، އިބްރާހީމް މުޢަހަދާގައި ސޮއިކޮށް، ޔަހޫދީންނާ ގުޅުން ބަދަހި ކުރުމަށް ސަޢޫދީ ޢަރަބިއްޔާއަށް ބާރު އެޅުއްވުމެވެ. އަދި، ސަޢޫދީ ޢަރަބިއްޔާއިން އެމެރިކާގައި ވުނަކުރުމަށް ބާރު އެޅުއްވުމެވެ. ވަލީއަޙުދު މުޙައްމަދު ރުއްސެވުމުގެ ގޮތުން ވޮޝިންގްޓަނުން ޓްރަމްޕް ވަނީ އޭނާއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ނަމަވެސް، ފަލަސްޠީނުގެ މިނިވަން ކަމަށް ޔަހޫދީންނާއި އެމެރިކާއިން ހުރަސް އަޅާތީ، ޔަހޫދީންނާ ގުޅުން ބަދަހި ކުރުމަށް ރިޔާޟުން ދަނީ އިންކާރު ކުރަމުންނެވެ.
ވައިޓް ހައުސުން ބުނީ، ސަޢޫދީ ވަލީއަޙުދުގެ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި ދިފާޢީ ދާއިރާއިން މުހިންމު އެއްބަސްވުމެއްގައި ސޮއި ކުރެވިގެން ދިޔަ ކަމުގައެވެ. މީގެ އިތުރުން، އެމެރިކާގައި އުފައްދާ އެފް-35 މަރުކާގެ އަސްކަރީ މަތިންދާބޯޓު ސަޢޫދީ ޢަރަބިއްޔާއަށް ވިއްކުމަށް ވެސް ޓްރަމްޕް ވަނީ ރުހުން ދެއްވާފައެވެ. އެއީ، އެމެެރިކާގެ ކުންފުނި، ލޮކްހީޑް މާޓިނުން އުފައްދައި، އެމެރިކާގެ އަސްކަރިއްޔާއިން ބޭނުން ކުރާ އެންމެ ފަހުގެ ޒަމާނީ އަސްކަރީ މަތިންދާބޯޓެވެ.
މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން މި ވަގުތު އެފް-35 މަރުކާގެ އަސްކަރީ މަތިންދާބޯޓު ވިއްކާފައިވާ ހަމައެކަނި ޤައުމަކީ ޔަހޫދީ ދައުލަތެވެ. މީގެ އިތުރުން، އެމެރިކާއިން އަސްކަރީ ޓޭންކުފަހަރު ގަތުމަށް ސަޢޫދީ ޢަރަބިއްޔާއިން އެއްބަސްވެފައިވާ ކަން ވެސް ވައިޓް ހައުސުން ހާމަކުރިއެވެ.
މޭ މަހުގެ ތެރޭގައި ޓްރަމްޕް ވަނީ ރިޔާޟަށް ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުގެ ތެރެއިން ސަޢޫދީ ސަރުކާރުން ވަނީ، އެމެރިކާގައި 600 ބިލިޔަން ޑޮލަރު ވުނަކުރުމަށް ނިންމާފައިވާ ކަން އިޢުލާނު ކޮށްފައެވެ. ނަމަވެސް، ޓްރަމްޕާ އެކު ވައިޓް ހައުސްގައި ބޭއްވި ބައްދަލު ކުރެއްވުމުގައި ވަލީއަޙުދު މުޙައްމަދު ވަނީ އެ އަދަދު 1 ޓްރިލިޔަން އެމެރިކާ ޑޮލަރަށް އިތުރު ކުރުމަށް ސަޢޫދީ ސަރުކާރުން ނިންމާފައިވާ ކަން ހާމަ ކުރައްވާފައެވެ. މިއީ، ޓްރަމްޕް ރުހި
ވަޑައިގަންނަވާނެ ނިންމުމެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރާއިރު، މި ކަމާ ގުޅޭ އިތުރު ތަފުސީލު ވޮޝިންގްޓަނުން އަދި ރިޔާޟުން ވެސް ހާމަކޮށްފައެއް ނެތެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
