
(ފޮޓޯ ކްރެޑިޓްސް: ރައްުޔިތުންގެ މަޖިލިސް)
ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވެފައިވަނީ ދެހާސް ފަނަރަވަނަ އަހަރުން ފެށިގެން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ކުރީކޮޅާ ހަމައަށް އެމްޕީއެލްގައި ރަނގަޅު މިންވަރަކަށް ފައިސާ ހުރި ކަމަށާއި، ނަމަވެސް މިއަދު އެ ކުންފުނީގައި މާ ގިނަ ފައިސާއެއް ނެތް ކަމަށެވެ. އެމްޕީއެލްގެ މާލީ ހާލަތު ދަށްވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މުވައްޒަފުންނަށް ތިން ޓަވަރު އެޅުމަށް 600 މިލިއަން ރުފިޔާ އާއި ތިލަފުށީގައި ބިން ހިއްކުމަށް 100 މިލިއަން ރުފިޔާ ޚަރަދުކުރުމުގެ ސަބަބުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިހާރު އެ ކުންފުނީގައި ކެޕިޓަލް އިންވެސްޓްމެންޓްކުރާނެ ފައިސާއެއްވެސް ނެތް ކަމަށް ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން ނާޒިމް ވަނީ އެމްޕީއެލް ކައިރިން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ދެ މީހަކު މަރުވި ހާދިސާ ހިނގީ، ހައިމާކު ބޭލޭނެ ވަރުގެ ފާލަމެއް ނެތުމުން ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ވިޔަފާރި ބަނދަރަށް އަންނަ ބޯޓުފަހަރުގެ މުދާ ހުސްކުރުން ލަސްވާތީ ބޮޑެތި ބޯޓުފަހަރު ރާއްޖޭގައި ބަނދަރުކުރަން ދެކޮޅު ހަދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނާޒިމް އިތުރަށް ވިދާޅުވީ ރާއްޖޭގެ އިގްތިޞާދު ވަރަށް ބޮޑަށް އަޑިއަޅާލުމަށްފަހު، މިހާރު އިގްތިޞާދުގެ ދިރުން މަޑުމަޑުން ފެންނަން ފަށާފައިވާ ކަމަށާއި، ތަރައްގީގެ މަޝްރޫއުތައް ނިމި ފައިދާ ލިބެން ފަށާފައިވާ ކަމަށެވެ. ކުރީ ސަރުކާރުން މަޖިލީހުގެ އަޣުލަބިއްޔަތު ލިބިގެން ވެސް ގައުމު ތަރައްގީކުރަން ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނު ނަމަވެސް، މި ސަރުކާރުން ގާނޫނުތަކަށް ބަދަލު ގެނެސްގެން އެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު، ޔޫއެސް ޑޮލަރުގެ މޮނޮޕޮލީ ވަކި ބައެއްގެ އަތުގައި އޮތުން މި ސަރުކާރުން ނައްތާލާފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
ޓޫރިޒަމް ގާނޫނަށް ބަދަލު ގެނައުމުން އައްޑޫގެ ޝަންގްރިއްލާ ރިސޯޓު މި އަހަރުގެ ފަހުކޮޅު ހުޅުވަން މަގުފަހިވެފައިވާ ކަމަށާއި، ގާނޫނާއި ގަވާއިދާ ޚިލާފުވެ ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ނުދައްކާތީ އަލަށް ރިސޯޓަކަށް ޓާމިނޭޝަން ނޯޓިސް ވެސް ދީފައިވާ ކަމަށް ނާޒިމް ހާމަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
