
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވީ ދުބާއީ އާއި ސިންގަޕޫރު ފަދަ ޤައުމުތަކެކޭ އެއްފަދައިން ރާއްޖެ ތަރައްޤީކުރަން ބޭނުންނަމަ، ސަރުކާރާއި ރައްޔިތުންވެސް މުރާލިކަމާއެކު މަސައްކަތްކުރަންޖެހޭ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވީ މިހާރު ގިނަ ބަޔަކު މަސައްކަތެއްނުކޮށް ވަޒީފާ އަދާކުރަން ބޭނުންވާކަމެވެ. ޤައުމު ކުރިއަރައި ދިއުމުގައި އަމިއްލަ ފަރުދުންގެ ދައުރު މުހިންމުކަމަށާއި، ސިވިލް ސާވިސްގެ ވަޒީފާތަކަށް އެންމެ ފެންވަރު ރަނގަޅު މީހުން ނުކުމެ މަސައްކަތްކުރުމުގެ މުހިންމުކަންވެސް ނާޒިމް ފާހަގަކުރެއްވިއެވެ. ނޮވެންބަރު މަހުން ފެށިގެން މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއެކު ޤާބިލު ޒުވާނުން ސިވިލް ސާވިސްއާ ގުޅޭނެކަމަށް އުއްމީދުކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.
ނާޒިމް ވަނީ ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތު އަޚްލާޤާ މެދު ސުވާލު އުފައްދަވާ، އޮފީސް ގަޑީގައި ސިނގިރޭޓު ބުއިމަށާއި ކޮފީ ބުއިމަށް ގިނަ ވަގުތު ހޭދަކުރާ މީހުން ގިނަކަން ފާހަގަކުރައްވާފައެވެ. ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުޙައްމަދު މުޖުތާޒުވެސް މިކަން ހިއްސާކުރައްވައި ވިދާޅުވީ، މިއީ ފަހުން ފެންނަން ފެށި ނޭދެވޭ ބަދަލެއް ކަމަށާއި، ކުރިން ސަރުކާރު މުވައްޒަފުންގެ ކިބައިން މިފަދަ ކަމެއް ފެނިފައިނުވާ ކަމަށެވެ. އަދި މިކަން ސަރުކާރު ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ކިބައިންވެސް ފެންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
“ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އަމިއްލައަށް އިސްނަގައިގެން...
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ ނަތީޖާ: ތިނަދޫގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި
(ފޮޓޯ ކްރެޑިޓްސް: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގދ. ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ލެޕަރޮސްކޯޕިކް...
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ޓައިމް ރިލީޒް...
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސް %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ...
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ސްޕޭސްއެކްސް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ...
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
