
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވީ، ދުޅަހެޔޮ މުސްތަޤުބަލެއް ކަށަވަރުކުރުމަށްޓަކައި ބޭނުންކުރާ ބޭހަކީ އޭގެ އެންމެ ރަނގަޅު އަސަރުކުރާ ބޭސްކަން ޔަޤީންކުރަން ޖެހޭނެ ކަމަށެވެ. ދުނިޔޭގެ އެންޓިމައިކްރޯބިއަލް ރެސިސްޓެންސް (އޭއެމްއާރް) އެވެއަރނެސް ވީކާއި ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެކަމަނާ ފާހަގަކުރެއްވީ، އޭއެމްއާރްއަކީ ޞިއްޙަތާއި ކާނާއަށާއި އިޤްތިޞާދަށްވެސް ހުރި ނުރައްކަލެއް ކަމެވެ.
މެޑަމް ސާޖިދާގެ މެސެޖުގައި، ދިވެހިރާއްޖެއިން ކުރިއަށް އޮތް 5 އަހަރަށް ތައްޔާރުކޮށް ތަންފީޒުކުރަމުންދާ ޤައުމީ އޭއެމްއާރް އެކްޝަން ޕްލޭންގެ ދެ އަމާޒެއްގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެއީ އެންޓިބައޮޓިކް ބޭސް ޒިންމާދާރުކަމާއެކު ބޭނުންކުރުމާއި، އިންސާނުންނާއި ޖަނަވާރުތަކާއި ތިމާވެށީގެ ޞިއްޙަތުގެ ގުޅުން ދެނެގަނެ އެންމެންނަށް އެންމެ ރަނގަޅު ޞިއްޙީ ނަތީޖާއެއް ހޯދުމަށް އެއްބާރުލުން ދޭ “ވަން ހެލްތު” އުސޫލަށް ތާއީދުކުރުމެވެ. އދ. ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން ފާހަގަކުރާ އޭއެމްއާރް ވީކްގެ ބޭނުމަކީ، ޖަރާސީމުތަކަށް ބޭހުގެ އަސަރުކުރާ މިންވަރު ކުޑަވާގޮތަށް ބޭސް ބޭނުންކުރުމާއި މެދު ހޭލުންތެރިކުރުވައި، ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން ބޭސް ރަނގަޅަށް ބޭނުންކުރުމަށް ބާރުއަޅައި، މިކަމާއި ގުޅޭގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
