
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ޖަޕާން އޮވަރސީސް ކޯޕަރޭޝަން ވޮލަންޓީއަރސް އަދި ޖަޕާނު ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް ކުރައްވަމުންގެންދަވާ މާނަވީ މަސައްކަތްތަކުގެ ސަބަބުން ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، ޖަޕާނުގެ ދެޖަމްޢިއްޔާއަކާއެކު މުލިއާގޭގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ އަދި ޖަޕާން އޮވަރސީސް ކޯޕަރޭޝަން ވޮލަންޓިއަރސްއާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވަނީ ޖަޕާނު ސަރުކާރުން ރާއްޖެއަށް މެދުކެނޑުމެއްނެތި އެކި ގޮތްގޮތުން ވެދެއްވަމުންގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ޖަޕާން އޮވަރސީސް ކޯޕަރޭޝަން ވޮލަންޓިއަރސްގެ ފަރާތުން ރަށްރަށުގައި ކުރިއަށްގެންދަވާ ޕްރޮގްރާމްތަކުގެ ސަބަބުން އަންނަ މާނަވީ ކުރިއެރުމާއެކު ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ޖަޕާން އޮވަރސީސް ކޯޕަރޭޝަން ވޮލަންޓީއަރސްގެ ބައިވެރިންވަނީ ރާއްޖޭގައި ކުރިއަށްގެންދަވާ އެކި ޕްރޮގްރާމްތަކުގައި ލިބިގެންދާ ތަފާތު ތަޖުރިބާގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެމަޖްޢިއްޔާއިން އަންނަނީ ސްކޫލްތަކުގައި ކިޔަވައިދިނުމާއި، ރާއްޖޭގެ އެކި ޖަމްޢިއްޔާތަކާއެކު ގުޅިގެން މަސައްކަތްކުރަމުންނެވެ. މީގެ އިތުރުން ސިއްޙީ ދާއިރާއަށާއި، ސްކޫލްތަކުގެ އިތުރު ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ ހޭންޑްބޯލްއާއި ބޭސްބޯލްއާއި އެތްލެޓިކްސްގެ ހަރަކާތްތަކުގައިވެސް އެޖަމްޢިއްޔާއިންދަނީ އެކި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ހަމައެއާއެކު މިއުޒިކާއި، ވޮކޭޝަނަލް ދާއިރާއިން އަދި އަތްތެރިއެކި މަސައްކަތްތަކާއި ކަލިނަރީގެ ފަންނުގައިވެސް އަންނަނީ މުޖުތަމަޢުގެ އެކި ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މިބައްދަލުކުރެއްވުމުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީގެ ޑިރެކްޓަރ، އިޝިގަމީ ރުމިކޯވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. ޖަޕާން އޮވަރސީސް ކޯޕަރޭޝަން ވޮލަންޓީއަރސްއިން އަންނަނީ 1982 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހަރަކާތްތެރިވަމުންނެވެ. އެޖަމްޢިއްޔާގެ 350 އަށްވުރެ ގިނަ ވޮލަންޓިއަރުންދަނީ ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށްގެންދާ އެކި ޕްރޮގްރާމްތަކުގައި ބައިވެރިވަމުންނެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
