
ދެކުނު އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާ ސާފްގެ އައު ލޯގޯ ތައާރަފްކޮށްފި އެވެ. މި ލޯގޯ ތައާރަފްކުރީ ބަނގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި އެ ޖަމާއަތުގެ ހިންގާ ކޮމިޓީގެ ބައްދަލުވުމަށްފަހު އެވެ. މި ބައްދަލުވުމުގައި ރާއްޖެ ތަމްސީލު ކުރީ ގައުމީ ޓީމުގެ ކުރީގެ ފޯވަޑް އަލީ އުމަރެވެ. މަޝްހޫރު ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ބާއްވާ ޖަމާއަތް ކަމަށްވާ ސާފްގެ އައު ލޯގޯ ތައާރަފް ކުރުމަށްފަހު އެ ޖަމާއަތުގެ ރައީސް ބަނގަލްދޭޝްގެ ޢާޒީ ސަލާހުއްދީން ވިދާޅުވީ އައު ލޯގޯ އަކީ ސާފުގެ ބްރޭންޑް އިތުރަށް ވަރުގަދަކޮށްދޭ ޖަމިއްޔާ އިތުރަށް އިސްތިހާރުކޮށްދޭނެ ލޯގޯ އެއް ކަމަށެވެ.
“އައު ޑިޒައިންއިން ދައްކައިދެނީ އަހަރުމެން ސަރަހައްދީ ފުޓްޅަ ކުރިއަރުވަން ހުއްޓުމެއްނެތި ކުރަމުންދާ މަސައްކަތް،” ސަލާހުއްދީން ވިދާޅުވި އެވެ. މި ލޯގޯ ފަރުމާކުރީ ސްރީލަންކާގެ ފުޓްބޯޅަ ފެޑަރޭޝަނުގައި މަސައްކަތް ކުރާ ސުޕުން ދި ރާޖަޕަކްސާ އެވެ. މި ލޯގޯ އަކީ ސާފުގެ ހުރިހާ ގައުމަކަށް ހުޅުވާލައިގެން ފަރުމާކުރި ލޯގޯތަކުގެ ތެރެއިން އެއްވަނަ އަށް ދިޔަ ލޯގޯ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
