
ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ވޯލްޑް ކަޕަށް ކޮލިފައިވި އެންމެ ކުޑަ ގައުމުގެ ރެކޯޑު ދޮޅު ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ކުރަކާއޯ އިން ހޯދައިފިއެވެ. މީގެ ކުރިން މި ރެކޯޑު އޮތީ 2018 ވަނަ އަހަރު ވޯލްޑް ކަޕް ކުޅުނު އައިސްލޭންޑް އަދި އަންނަ އަހަރު މުބާރާތުގައި ކުޅޭ ކޭޕް ވާޑޭގެ އަތުގައެވެ. ކުރަކާއޯ މި ރެކޯޑު މުގުރާލީ ޖެމެއިކާ ފަހަތަށްލައި ވޯލްޑް ކަޕުން ޖާގަ ހޯދުމުންނެވެ. އެމީހުން ކޮލިފައިވީ ގްރޫޕުގެ އެއްވަނަ އެއް ޕޮއިންޓްގެ ތަފާތުން ހޯދައިގެންނެވެ؛ ކުރަކާއޯއަށް 12 ޕޮއިންޓް ލިބުނުއިރު ޖެމެއިކާއަށް ލިބުނީ 11 ޕޮއިންޓެވެ.
ކުރަކާއޯއަކީ ވެނެޒުއޭލާއާ ޖެހިގެން ކެރީބިއަން ކަނޑުގައި އޮންނަ، ދޮޅު ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ކުޑަ ގައުމެކެވެ. އެ ގައުމަކީ 100 ޕަސެންޓް މިނިވަން ގައުމެއް ނޫން ނަމަވެސް، ނެދަލޭންޑްސްއާ ގުޅުން ހުރި ގައުމެކެވެ. ކުރިން ސްޕެއިން އަދި ފަހުން ނެދަލޭންޑްސްގެ ދަށުގައި އޮތް މި ގައުމުގެ ރަސްމީ ބަސް ކަމަށްވާ ޕަޕިއަމެންޓޯގެ އިތުރުން ޑަޗް ބަހާއި އިނގިރޭސި ބަހުން ވެސް ވާހަކަ ދައްކައެވެ. ކުރަކާއޯގެ ގިނަ ކުޅުންތެރިންނަކީ ނެދަލޭންޑްސްގައި އުފަންވެ، ނެދަލޭންޑްސްގެ ޕާސްޕޯޓް ގެންގުޅޭ ކުޅުންތެރިންނެވެ. އެ ގައުމުގެ ކޯޗަކީ ނެދަލޭންޑްސްގެ ގައުމީ ކޯޗުކަން ތިން ފަހަރު ކޮށްފައިވާ މަޝްހޫރު ޑިކް އެޑްވޮކާޓެވެ. ކުޑަ ގައުމެއް ނަމަވެސް، ޖޫނީނިއޯ ބަކޫނާ، ލިއަންދްރޯ ބަކޫނާ، އަދި ޖޯޑީ ޕައުލީނާ ފަދަ މަޝްހޫރު ކުޅުންތެރިން ކުރަކާއޯ އިން ފެނިފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
