
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގައި ފިލިޕީންސްއާއި ދެކޮޅަށް ކުޅުނު މެޗުގައި 2-0 ގެ ނަތީޖާއާ މެދު ހިތްހަމަ ނުޖެހުނަސް ކުޅުންތެރިންނަށް ކުރިއެރުން ލިބިއްޖެކަން ޔަގީންވެއްޖެ ކަމަށް ޤައުމީ ޓީމުގެ ކޯޗު މުޙައްމަދު ޝިޔާޒް މޯހަން ބުނެފިއެވެ. މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ބުނީ ބަލިވުމަކީ ހިތްހަމަޖެހޭނެ ކަމެއް ނޫން ކަމަށާއި، އެހެންނަމަވެސް ޖުމުލަކޮށް ބަލާއިރު ކުރީ ދެމެޗަށްވުރެ ކުޅުން ރަނގަޅު ކަމަށެވެ. އެގޮތުން ކުރީ ދެ މެޗުގައި ފުރަތަމަ 5 މިނިޓްތެރޭގައި ބައިކޮޅަށް ގޯލެއް ވަތްނަމަވެސް މިމެޗުގައި ފުރަތަމަ 20 މިނިޓް ބައިކޮޅަށް ގޯލެއް ވަނަ ނުދީ ހިފަހައްޓާލިކަން ކޯޗު ފާހަގަކުރިއެވެ.
“އެހެންނަމަވެސް ކޮންސެންޓްރޭޝަން މި ދައްވާ މައްސަލަ މީ މައްސަލައަކީ. ބޯޅަ ބޭރުވީމަ އެއަށް އަވަހަށް ތައްޔާރުވުމާއި މި ކަހަލަ ކަންތައްތަކަކީ އަޅުގަނޑުމެން ކުޅުންތެރިން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަންތައް” ޝިޔާޒް ބުންޏެވެ. ޝިޔާޒް ބުނީ ފުރަތަމަ ގޯލަކީ ރަނގަޅަށް ކުޅެމުން ދަނިކޮށް ޖެހި ގޯލެއް ކަމަށެވެ. އަދި ޖުމުލަކޮށް ގޭމު ރަނގަޅަށް ކުޅެ ޗާންސްވެސް ދިވެހި ޓީމަށް ކްރިއޭޓް ކުރެވުނު ކަމަށާއި، ނަތީޖާ ނޫން ދެން ހުރި ކަންކަން ޖުމްލަކޮށް ބަލާއިރު ހިތްހަމަޖެހޭކަމަށެވެ. ކުޅުންތެރިންގެ ފިޓްނަސް ރަނގަޅުވެއްޖެ ކަމަށާއި، ލީގު ފެށުމަކީ އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށްވެސް ކޯޗު ފާހަގަކުރިއެވެ. އަދި ޤަވާއިދުން ވާދަވެރި މެޗުތަކެއް ކުޅެމުންދާކަން އެއީ މިހާރު ހަމަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށްވެސް ކޯޗު ފާހަގަކުރިއެވެ.
އެހެންކަމުން ކުރިން ބޭނުންވާހެން ޤައުމީ ޓީމަށް ތައްޔާރުވާން މާ ގިނަ ދުވަސް ބޭނުން ނުވާކަމަށާއި، ފިޓްނެސް އާއި އެހެނިހެން ކަންކަން ރަނގަޅުވީމަ ހަމައެކަނި ތައްޔާރުވާން ޖެހެނީ ޓެކްޓިކަލީ ކަމަށްވެސް ކޯޗު ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން ފިލިޕީންސް ޓީމުން 3 ޕޮއިންޓް ހޯދަން އެވަރަށް ތައްޔާރުވެގެން އައިސް، ތިން ޕޮއިންޓް ނުލިބުނަސް، ރާއްޖޭގެ ޤައުމީ ޓީމުން ފަހު ހާފުގައި ވަރަށް ރަނގަޅަށް ކުޅެމުން ދިޔަތަން ފެނިގެން ދިޔަކަމަށް ޤައުމީ ޓީމުގެ ކޯޗު މުޙައްމަދު ޝިޔާޒު ބުންޏެވެ. އަދި ހާލަތު ހުރިގޮތުން ރާއްޖެއަށް ގިނަ ފްރެންޑްލީ މެޗުތައް ނުކުޅެވުނު ނަމަވެސް ކުޅުންތެރިންނަށް ކުރިއެރުން ލިބިއްޖެކަން އެއީ ޝައްކެތް އޮތް ކަމެއް ނޫންކަން އިއްޔެގެ މެޗުންވެސް ފެނުނުކަމަށް ކޯޗު ފާހަގަކުރިއެވެ.
ޝިޔާޒް ބުނީ ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސް ކުރިކަމަށާއި، ގޯލެއް ކާމިޔާބު ނުކުރެވި ދިއުން އެއީ، ގިނަ ފްރެންޑްލީ މެޗުތައް ކައިރިކައިރީގައި ކުޅުމުގެ ފުރުސަތު ނުލިބޭތީ ދިމާވާ ކަމެއް ކަމަށެވެ. އަދި ފިލިޕީންސް ޓީމުން މެޗަށް ނިކުތްއިރު 3 ލަނޑު ޖަހަން އެވަރަށް މަސައްކަތް ކުރިއިރުވެސް ދިވެހި ޓީމުން އެކަން ވިޔަ ނުދީ ހިފަހައްޓާލެވުން އެއީ ކުރިއެރުމެއް ކަމަށްވެސް ކޯޗު ފާހަގަކުރިއެވެ. އެންމެ ފަހުން ރާއްޖެއިން ކޮލިފައިންގައި ކުޅުނީ ގްރޫޕުގެ އެންމެ ވަރުގަދަ ދެޓީމު ތަޖިކިސްތާނާއި، ޕިލިޕީންސްއާއި ދެކޮޅަށެވެ. ފިލިޕީންސް އަތުން އަމިއްލަ ދަނޑުގައި ކުޅުނު މެޗު 2-0 ން ބަލިވިއިރު ރާއްޖޭގައި ތަޖިކިސްތާނާއި ދެކޮޅަށް މިދިޔަ މަހު ރާއްޖޭގައި ކުޅުނު މެޗުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. ރާއްޖެ އޮތީ ކުޅުނު ފަސް މެޗުންވެސް ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
