
ސްޕޭނުގެ އޮލިމްޕިކް ސްޓޭޑިއަމް ދޫކޮށް ބާސެލޯނާއިން އެ ކުލަބުގެ ރަސްމީ ދަނޑު ކަމަށްވާ ނޯ ކޭމްޕަށް ބަދަލުވާން ނިންމައިފިއެވެ. ބާސެލޯނާއިން 2023 ވަނަ އަހަރު އެ ކުލަބުގެ ނޯކޭމްޕް ދޫކޮށް، އޮލިމްޕިކް ސްޓޭޑިއަމުގައި ކުޅެން ފެށީ ސްޓޭޑިއަމް ތަޅާލައި އަލުން ބިނާކުރަން ފެށުމަށެވެ. ނަމަވެސް ސްޓޭޑިއަމުގެ ބޮޑުބައި ނިމި ބޭނުން ކުރެވޭ ގޮތްވުމުން ބާސެލޯނާއިން ކޭމްޕްނޯގައި ކުޅޭނެ ފުރަތަމަ މެޗަކަށް ވާނީ މި ހަފުތާގައި އެތްލެޓިކް ކުލަބާ ދެކޮޅަށް ކުޅޭ މެޗުންނެވެ. ޖުމުލަ 105000 މީހުންނަށް ވަދެވޭ ގޮތަށް ބިނާކުރަމުންދާ ސްޓޭޑިއަމުގައި ބާސެލޯނާއިން މެޗުތައް ކުޅެން ފަށާނީ 45000 މީހުންގެ ޖާގަ އަށް މީހުން ވައްދައިގެންނެވެ. އެއީ މިހާތަނަށް ސްޓޭޑިއަމުގެ ފުރަތަމަ ބައިގެ ދެ ފޭސް ނިމި ސިޓީ ކައުންސިލްގެ ހުއްދަ ލިބިފައިވާތީ އެވެ.
ބާސެލޯނާ އަށް މި ދަނޑުގައި ކުޅުމުގެ ހުއްދަ ސިޓީ ކައުންސިލުން ވަނީ މިދިޔަ މަހު ދީފަ އެވެ. ނަމަވެސް ސްޓޭޑިއަމަށް ބަދަލުވުން ބާސެލޯނާއިން ފަސް ކުރީ އޭރު ކުޅިބަލަން ވަނުމުގެ ހުއްދަ އޮތީ އެންމެ 25000 މީހުންނަށް ކަމަށްވާތީ އެވެ. ކުލަބުގެ ރައީސް ޖޯން ލަޕޯޓާ ބުނީ މި އހަރު ނިމުމުގެ ކުރިން އުއްމީދަކީ ސްޓޭޑިއަމުގައި 60000 މީހުންނަށް ކުޅިބަލަން ތިބެވޭ ގޮތަށް މެޗުތައް ކުޅުން ކަމަށެވެ. ނޯކޭމްޕްގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ޖޯން ސެންޓެޔޭސް ވިދާޅުވީ ދަނޑުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ކޮންމެ މެޗެއް ކުޅުމުގެ 48 ގަޑިއިރު ކުރިން މެދު ކަނޑާލާނެ ކަމަށެވެ. އަދި އެންމެ އިސްކަންދެނީ ސަޕޯޓަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ.
އެތްލެޓިކް ކުލަބާ ދެކޮޅަށް ބާސެލޯނާއިން ކުޅޭ މެޗަށް އެ ކުލަބުން ނިންމާފައިވަނީ އިދިކޮޅު ޓީމުގެ ސަޕޯޓަރުން ނުވެއްދުމަށެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ސްޓޭޑިއަމް މަރާމާތު ކުރަމުންދާތީވެ ސަލާމަތީ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގަ އެވެ. ނަމަވެސް މި މައްސަލަ އެތްލެޓިކޯއިން ވަނީ ސްޕެނިޝް ލީގަށް ވެސް ހުށަހަޅާފަ އެވެ. ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ ވިދާޅުވީ ސްޓޭޑިއަމް ބިނާކޮށް، އަލުން އެ ދަނޑުގައި ކުޅެން ފެށުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
