
އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮސްޓަރިކާ ކޮލިފައިނުވެއްޖެނަމަ އެ ގައުމަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ވާނެ ކަމަށް ދިރާސާތަކުން ދައްކައިފިއެވެ. މެދުތެރޭ އެމެރިކާގައި އޮތް ގައުމު ވޯލްޑް ކަޕް ކޮލިފައިންގައި މިއަދު ވާދަކުރާނީ ޓޭބަލުގެ ކުރީގައިވާ ހޮންޑިއުރަސްއާ އެވެ. މި މެޗަށް ނުކުންނައިރު ކޮސްޓްރިކާ އަށް ކޮލިފައިވުމުގެ ފުރުސަތު ލިބޭނީ މެޗުން މޮޅުވެގެން އަދި ހައިޓީ ކުޅޭ މެުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ. ކޮސްޓަރިކާ މިވަގުތު އޮތީ ހަތަރު ޓީމު ހިމެނޭ ގްރޫޕުގެ ތިން ވަނާގަ އެވެ. އެއީ ހަ ޕޮއިންޓާއެކުގަ އެވެ. އެއްވަނާގައިވާ ހޮންޑިއުރަސް އާއި ހައިޓީ އަށް އަށް ޕޮއިންޓް ލިބިފައިވެ އެވެ. މިހެންވެ ކޮސްޓަރިކާ މެޗުން މޮޅުވެގެން ނޫނީ ހޮންޑިއުރަސް ފަހަތަށް ނުލެވޭނެ އެވެ. އޭރުން ވެސް ހެއިޓީ އާއި ނިކަރާގުއާ ކުޅޭ މެޗުގެ ނަތީޖާ އަށް ބަލަންޖެހޭނެ އެވެ.
ކޮސްޓަރިކާގެ ގައުމީ ޔުނިވަސިޓީގެ ދަރިވަރުން ހެދި ދިރާސާއިން ދައްކަނީ ވޯލްޑް ކަޕަށް ކޮލިފައިނުވެއްޖެނަމަ އެ ގައުމަށް 85 މިލިއަން ޑޮލަރާއި 120 މިލިއަން ޑޮލަރާ ދެމެދު އަދަދަކަށް ގެއްލުންވާނެ ކަމަށެވެ. ބޮޑެތި މުބާރާތްތަކަށް މާގިނައިން ކޮލިފައިނުވާ ގައުމު ކޮލިފައިނުވެއްޖެނަމަ އެންމެ ބޮޑަށް ގެއްލުވާނީ ވެސް ފުޓްބޯޅަ އަށެވެ. މި ގޮތުން ލިބޭނެ އެންމެ ބޮޑު ދެރައަކަށްވާނީ ކޮލިފައިވާ ގައުމުތަކަށް ފީފާއިން ދޭ 14 މިލިއަން ޑޮލަރާއި 25 މިލިއަން ޑޮލަރުގެ މާލީ އެހީ ނުލިބުމެވެ. ދަރިވަރުންގެ ދިރާސާގައި ބުނަނީ މި ފައިސާ އަކީ ކޮސްޓަރިކާގެ ފުޓްބޯޅަ ކުރިއަރުވަން ބޭނުންވާ ވަސީލަތްތަކާއި ކުޅުންތެރިން ބުނާ ކުރުމަށް ކުރަންޖެހޭ ހޭދަތަކަށް ވަރަށް މުހިންމު ފައިސާއެއް ކަމަށެވެ.
ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގު ތިން ފަހަރު ކާމިޔާބުކޮށްދިން ކީޕަރު ކޭލާ ނަވާސްގެ ގައުމު ކޮސްޓަރިކާގެ ގައުމީ ޓީމު ބޭރު ގައުމުތަކަށް ދަތުރުކޮށް ކުޅޭ މެޗުތައް ވެސް މަދުވުގެ ފުރުސަތު އެބައޮތެވެ. އެ ދިރާސާގައި ބުނަނީ ގައުމީ ޓީމަށް ގައުމުން ބޭރުގައި ކުޅޭ މެޗުތަކުން ލިބޭ ފީ އަކީ ވެސް ގައުމުގެ ކުރިމަގަށް ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. މި ގޮތުން ކޮލިފައިނުވެއްޖެނަމަ ފުޓްބޯޅަ އަށް އިތރު 70 މިލިއަން ޑޮލަރުގެ މާލީ ގެއްލުމާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. މި ސަބަބުތަކާހުރެ މި މެޗަކީ ކޮސްޓަރިކާ އަށް އެތައް ގޮތަކުން މުހިންމު މެޗަކަށްވަނީ ވެފަ އެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
