
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ދިވެހިރާއްޖެއާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ފިލިޕީންސް ވަނީ ގްރޫޕްގެ އެއްވަނަ ދަމަހައްޓާފައެވެ. މެޗު ފެށުނުއިރުވެސް ބޯޅަ ގިނަ ވަގުތު ހިފަހައްޓައި ހަމަލާތައް އުފެއްދީ ފިލިޕީންސްއިންނެވެ. ފުރަތަމަ ހާފުގައި ދިވެހި ޓީމުން ރަނގަޅަށް ޑިފެންސް ކުރި ނަމަވެސް، 23 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ޖެފަރސަން ތަބިނާސް ފިލިޕީންސްއަށް ލީޑު ނަގައިދިނެވެ. އަދި ފުރަތަމަ ހާފް ނިމެން 8 މިނެޓަށް ވެފައި ވަނިކޮށް ސަންދްރޯ ރެޔެސް ފިލިޕީންސްގެ ދެވަނަ ލަނޑު ކާމިޔާބުކުރިއިރު، ދިވެހި ޓީމަށް މި ހާފުގައި މާ ނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.
ދެވަނަ ހާފަށް ދިވެހި ޓީމު ނުކުތީ ދެ ބަދަލަކާއެކުއެވެ. މި ހާފުގެ ކުރީކޮޅު ރާއްޖެއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް ހަސަން ނާއިޒްއަށް އެ ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. މި މެޗުގައި އުމުރުން 17 އަހަރުގެ އީތަން އިބްރާހިމް ޒަކީ ވަނީ ޤައުމީ ޓީމަށް ފުރަތަމަ ފަހަރަށް ކުޅެފައެވެ. މި މެޗުން ލިބުނު 3 ޕޮއިންޓާއެކު ފިލިޕީންސް ވަނީ ކުޅުނު 5 މެޗުން 13 ޕޮއިންޓް ހަމަކޮށްފައެވެ. ދިވެހި ޓީމަށް މިހާތަނަށް އެއްވެސް ޕޮއިންޓެއް ލިބިފައި ނުވާތީ، ގްރޫޕްގެ ފުލުގައި އޮތްއިރު، އަންނަ އަހަރުގެ މާޗް މަހު ޓިމޯ ލެސްޓޭއާ ދެކޮޅަށް ފަހު މެޗު ކުޅޭނެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
