
(ފޮޓޯ ކްރެޑިިޓްސް: ޕީއެސްްއެމް ނިއުސް)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހޮޓެލް ޖެންގައި ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރާއްޖޭގައި ކުރި ކޭމްޕުގެ ތަޖުރިބާ އޮޅުއްފިލުއްވާފައެވެ. އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ކުޅިވަރާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، އަދި ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އަޙްމަދު ޠާރިޤުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ހަނގުރާމައިގެ ސަބަބުން ފުޓްބޯޅަ ކުޅޭނެ މާޙައުލެއް ނެތުމުގެ ސަބަބުން، ރާއްޖެއިން ފަލަސްޠީނު ޓީމަށް ކޭމްޕުކުރުމުގެ ފުރުޞަތު ދެއްވާ، ހޫނު މަރުޙަބާއެއް ކީ ކަމީ ހަނދާނުން ފޮހެވޭނެ ކަމެއް ނޫން ކަމަށް ޓީމުން ބުންޏެވެ. ޓީމުގެ މެނޭޖަރު މުޙައްމަދު ޖުމާ ސުލައިމާން ވިދާޅުވީ، އެއަރޕޯޓުން ފެނުނު އަމިއްލަ ޤައުމުގެ ދިދަތަކުގެ މަންޒަރަކީ ބުނެދޭން ނޭނގޭ ކަހަލަ އިޙުސާސްތަކެއް ކަމަށާއި، އެކި ޤައުމުތަކުގައި ދިރިއުޅޭ ކުދިން ގޮވައިގެން ރާއްޖެ އައިސް ކޭމްޕް ކުރެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ދިވެހިންގެ ގާތްކަމާއި މެހެމާންދާރީގެ ސަބަބުން އަދިވެސް ފުރުޞަތެއް ލިބިއްޖެނަމަ ރާއްޖެ އަންނަން ބޭނުންވާކަމަށް ޓީމުން ހާމަކުރިއެވެ.
ރާއްޖޭގައި ހޭދަކުރި މުއްދަތުގައި ފަލަސްޠީނު ޓީމުން ވަނީ 17 އަހަރުގެ ދަށުގެ ދިވެހި ގައުމީ ޓީމާއެކު ދެ އެކުވެރިކަމުގެ މެޗު ކުޅެފައެވެ. ފުޓްބޯޅަ އެސޯސިއޭޝަނުން މި މެޗުތަކަށް ސްވެނިއަރ ޓިކެޓް ވިއްކާފައިވަނީ ފަލަސްޠީނުގެ ފުޓްބޯޅައަށް އެހީތެރިވުމުގެ ގޮތުންނެވެ. ދިހަ ދުވަހުގެ ކޭމްޕެއް ނިންމުމަށްފަހު، މި ޓީމު ދެން ދާނީ މިމަހުގެ 22 އިން 30 އަށް އިންޑިއާގައި ބާއްވާ 17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރުމަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
