
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރާއްޖެއާ އެންމެ ގާތް ޤައުމަކީ ސަޢުދީ ޢަރަބިއްޔާކަމަށާއި، އެ ޤައުމުން ރާއްޖެއަށް ޚާއްސަ އިސްކަމެއްދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ސަރުކާރުގެ 2 އަހަރުގެ ކާމިޔާބީ ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޚާރިޖީ ގުޅުންތަކުގެ ތެރެއިން އެންމެ އިސްކަމެއް ދެއްވަނީ، ޢަރަބި، އިސްލާމީ ޤައުމުތަކާއެކު ގުޅުން ބަދަހިކުރެއްވުމަށްކަމަށް ވިދާޅުވެފައެވެ. މިގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ސަޢުދީ ޢަރަބިއްޔާއަކީ ރާއްޖެއާއި އެންމެ ގާތް ޤައުމުކަން ފާހަގަކުރައްވާ، ސަޢުދީން ރާއްޖެއަށް ދެއްވާ އަހަންމިއްޔަތުގެ ތެރެއިން މައްކާ ރޫޓް އިނިޝިއޭޓިވް ހަމަޖެހިގެންދިޔަކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަށް މި ފުރުޞަތު ލިބިގެންދިޔައީ ސަޢުދީ ރަސްގެފަނާއި ވަލީއަޙުދު ރާއްޖެއަށް ދެއްވާ ޚާއްސަ އިސްކަމުގެ ތެރެއިންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި، ސަޢުދީ ސަރުކާރަށް އެމަނިކުފާނު ވަނީ ޝުކުރުއަދާކުރައްވާފައެވެ.
“ޚާރިޖީ ގުޅުމުގެ ތެރެއިން އެންމެ މުހިންމު އިސްކަމެއް އަޅުގަނޑުމެން މިދެނީ ޢަރަބި އިސްލާމީ ދުނިޔެއާ ގުޅުން ބަދަހިކުރުމަށް. ޚާއްސަކޮށް އަޅުގަނޑުމެންނާ އެންމެ ގާތް ޤައުމަކީ ސަޢުދީ ޢަރަބިއްޔާ. ސަޢުދީ ޢަރަބިއްޔާއާއި ރާއްޖެއާ އެކީގައި އޮތް ގުޅުމުގެ ތެރެއިން ސަޢުދީ ރަސްގެފާނު އަދި ވަލީ އަޙުދު ދިވެހި ރައްޔިތުންނަށް ދެއްވާ އިސްކަމުގެ ތެރެއިން މައްކާ ރޫޓް އިނިޝިއޭޓިވްވެސް ހަމަޖެހިގެން ދިޔައީ. މިއަދުވެސް ސަޢުދީ ރަސްގެފާނު އަދި ވަލީއަހުދަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ދިވެހި ރައްޔިތުންގެ ފަރާތުން ޝުކުރު ދަންނަވަން އެކަމަށްޓަކާ. އޭގެ ސަބަބުން މައްކާ ރޫޓް އިނިޝިއޭޓިވްގެ ތެރެއިން އަޅުގަނޑުމެންނަށް މިވަނީ ޙައްޖުގެ ވަރަށް ގިނަ ފަސޭހަތައް މިދިޔަ ޙައްޖުގައި ލިބިފައި. އަދި އިރާދަކުރެއްވީތީ ދެން އަންނަ އަހަރުތަކުގައިވެސް އެގޮތަށް ލިބިގެންދާނެ.” ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި ޤައުމަށް އެންމެ ރަނގަޅުވާނޭ ގޮތްތައް ޚާރިޖީ ގުޅުންތަކުގެ ތެރެއިން ހޯދުމަކީ، ދިވެހި ރައްޔިތުން އެންމެ ބޭނުންވާނޭ ގޮތް ކަމަށެވެ. އެގޮތުން، “މޯލްޑިވްސް ފަރސްޓް” ޚާރިޖީ ސިޔާސަތުގެ ދަށުން ވޭތުވެ ދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ހޯދިފައިވާ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ، ދޭދޭ ޤައުމުތަކާއެކު ވިޔަފާރިއާއި، އިޤްތިޞާދުގެ ފުރުޞަތުތައް އިތުރުކުރުމަށްޓަކައި، ރާއްޖޭގެ އިޤްތިޞާދީ ބައިވެރިންނާއެކު އެއްބާރުލުން އިތުރުކުރުމަށް އިސްކަން ދެއްވާފައިވާކަން ހާމަކުރައްވާފައެވެ.
އިސްތިރާޖީގޮތުން މުހިންމު ބައެއް ޤައުމުތަކުގައި ދިވެހީންގެ މަސްލަހަތު ތަމްސީލުކުރެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން، ޤަޠަރާއި ތުރުކީވިލާތުގައި ދިވެހިރާއްޖޭގެ އެމްބަސީތައް ޤާއިމުކުރައްވައި، 27 ޤައުމަކަށް، ނޮން-ރެޒިޑަންޓް ސަފީރުން ޢައްޔަންކުރައްވާފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ބައިނަލްއަޤުވާމީ ބޮޑެތި ޖަމުޢިއްޔާތަކަށް ރާއްޖެއިން މަންދޫބުން ކަނޑައެޅުއްވުމުގެ މަސައްކަތްވެސް ކުރައްވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
