
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން މިވީ 2 އަހަރުތެރޭ ގެނައި އިސްލާހީ ބަދަލުތައް ކާމިޔާބު ކަމަށާއި، އަމާޒަކީ ރާއްޖެ އިޤްތިޞާދީގޮތުން މިނިވަން ޤައުމަކަށް ހެދުން ކަމަށް މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މުސާ ޒަމީރު ވިދާޅުވެއެވެ. މާލީ ވަޒީރު މޫސާ ޒަމީރު މިހެން ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން 2 އަހަރުވުމުގެ މުނާސަބާގައި ޕީއެސްއެމް ނިއުސްއަށް ދެއްވި ޙާއްސަ އިންޓަވިއުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވީ އިރު ޤައުމުގެ އިޤްތިސާދު އޮތީ ނާޒުކު ހާލަތެއްގައެވެ. އެފަދަ ހާލަތެއްގައި އޮތް އިޤްތިސާދެއް ކޮޅަށް ޖެހުންވެގެންދިޔައީ ގޮންޖެހުން ބޮޑު މަސައްކަތަކަށެވެ. ނަމަވެސް ރައީސް ޑރ. މުޢިއްޒުގެ ހަރުދަނާ ސިޔާސަތުތަކާއެކު މިވީ 2 އަހަރުދުވަހުގެތެރޭގައި ރާއްޖެއަށް ވަނީ އިޤްތިސާދީގޮތުންނާއި މާލީގޮތުން ގިނަ ކުރިއެރުންތަކެއެ ލިބިފައެވެ.
މިކަން ފާހަގަކުރައްވަމުން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު ކުރިމަތިވީ އެންމެ ބޮޑު ގޮންޖެހުމަކީ ސަރުކާރުން ގިނަ އަދަދަކަށް ލޯނު ނަގާފައި ހުރުން ކަމަށާއި، އެ ލޯނުތައް އަނބުރާ ދެއްކޭނެ ގޮތެއްވެސް ހޯދާފައިނުވުން ކަމަށެވެ. އެހެންކަމުން މި ސަރުކާރުން މަސައްކަތްކުރީ ދަރަނިތައް މެނޭޖްކޮށް، ދަރަނި އަނބުރާ ދެއްކޭނެ ގޮތްތައް ހޯދުމަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މާލީ ދާއިރާއަށް ގެނެވުނު އިސްލާހީ ބަދަލުތަކުގެ ނަތީޖާ ދަނީ ފެންނަމުން ކަމަށެވެ. އަދި ގެނެވުނު ބަދަލުތައް ބޭރުގެ ފަރާތްތަކުންވެސް ބަލައިގަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.
“މިހާރުވެސް ދަރަނި ނަގާ، އެކަމަކު ދަރަނި ދެއްކޭނެ ގޮތްތަކެއް ރާވައިގެން ދަރަނި ނަގަނީ، އެއީ ރައީސް ގެންނެވި ތަފާތަކީ، މާކެޓަށް ކޮންފިޑެންސް ލިބެން ފަށައިފި، ސަރުކާރުން ބޭނުން ނަމަ ލޯނު ލިބިދާނެކަމަށް އެބަ ބުނޭ،” ވަޒީރު ޒަމީރު ވިދާޅުވިއެވެ.

_ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ވަޒީރު ވިދާޅުވީ ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ މިނިވަން ދިވެހިރާއްޖެއަށް ދިވެހިންނަށް ހޯދައިދިނުމަށް ކަމަށެވެ. އަދި މި ޒަމާނުގައި މިނިވަން ވެވޭނީ މާލީގޮތުން މިނިވަންކަން ލިބިގެންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގެ 5 އަހަރު ނިމޭއިރު ރާއްޖެއަށް އިޤްތިޞާދީ މިނިވަންކަން ހޯދައިދެވޭނެ ކަމަށެވެ. “ދަރަނި މެނޭޖްކުރެވި، އިތުރު ރެވެނިއު ސްޓްރީމްސް ޖެނެރޭޓުކުރެވި، އިޤްތިޞާދު ޑައިވާސިފައިވެގެންދާއިރު، އަމިއްލަ ފައިމައްޗަށް ތެދުވެވިފައި ތިބެގެން، އަމިއްލަ ވަންތަ އިޤްތިޞާދެއް ބައްޓަންކުރެވިގެންދާނެ ކަމަށް ދެކެނީ” މާލީ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިހާރު މި ކުރެވެމުންދާ މަސައްކަތްތަކާއެކު އިޤްތިސާދީގޮތުން ޤައުމަށް ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން އިޤްތިޞާދީގޮތުން ފުދުންތެރި، އެންމެންނަށްވެސް އިޤްތިޞާދުގެ ފައިދާ ލިބޭ ޤައުމަށް ރާއްޖެވެގެންދާނެ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
