
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިއަހަރުގެ ތެރޭގައި ސަރުކާރުން ކަނޑައަޅާފައިވާ ޓާގެޓާ އެއްގޮތަށް ޚަރަދުތައް ބަހައްޓައި، ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅަން ނުޖެހޭނެ ކަމަށް މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ ބަޖެޓް ބަހުސްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ. މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ އަންނަ އަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ އުނދަގޫ ދަރަންޏެއް ދައްކަންޖެހޭ އަހަރު ކަމަށާއި ސަރުކާރުން ބަޖެޓް ހުށަހަޅާފައިވަނީ އެ ކަންކަމަށް ރިއާޔަތްކޮށް، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކަށް އެއްވެސް ހުރަހެއް ނޯންނާނެގޮތަށް ކަމަށެވެ.
ވަޒީރު ވިދާޅުވީ މާލީ ވުޒާރާގެ އިކޮނޮމިސްޓުންނާއި އެމްއެމްއޭއިންވެސް ލަފާ ކުރާ ގޮތުގައި އަންނަ އަހަރުގެ ބަޖެޓަކީ ދެމެހެއްޓެނިވި ބަޖެޓެއް ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުގައި ޓެކްސް ބޮޑުނުކޮށް އާމްދަނީ އިތުރުކުރުމަށް ތަފާތު އެކި ކަންކަން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ. “ރާއްޖޭގައި އިންޓަރނޭޝަނަލް ފައިނޭޝަލް ސެންޓަރެއްގެ މަސައްކަތް އަޅުގަނޑުމެން އެބަބަލަން. އަދި ދުނިޔޭގެ މިހާރު ބައެއްކަހަލަ އިންވެސްޓްމަންޓުތައް ގެނައުމަށް ޓެކްނޮލޮޖީ ބޭނުންކޮށްގެން މިއަންނަ ބަދަލުތަކާއެކު ބްލޮކްޗެއިންނާއި ޓޮކަނައިޒޭޝަން ކަހަލަ ބައެއް އިނޮވޭޓިވް މެކޭނިޒަމް އަންނައިރު އެއަށްވެސް އަޅުގަނޑުމެން ޓެޕް ކުރީމަ އަޅުގަނޑު ގަބޫލުކުރަނީ އެއަށްވެސް އިގްތިސާދު ފުޅާކުރުމުގައި ލިބިގެންދާނެ ކުރިއެރުންތަކެއް.” މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.
މާލީ ވަޒީރު ވިދާޅުވީ ރީޖަނަލް އެއަރޕޯޓުތަކަކީ ދައުލަތަށް ފައިދާވާނެ ތަންތަނަށް ހެދުމަށްވެސް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. މީގެ ކުރިން ކޮންމެ އަހަރަކުވެސް ސަރުކާރުތަކުން ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ މިދިޔަ އަހަރު ސަރުކާރުން ހުށަހެޅުއްވި ބަޖެޓުގައިވާގޮތަށް ޚަރަދުތައް ހިފެހެއްޓި، މިއަހަރު ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅަން ނުޖެހޭނެ ކަމަށެވެ. އަންނަ އަހަރުގެ ބަޖެޓުވެސް ހުށަހަޅުއްވާފައިވަނީ އެކަންކަމަށް ބަލައިގެން ކަމަށާއި އަންނަ އަހަރުގެ ބަޖެޓާއެކުވެސް އިތުރު ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅަން ނުޖެހޭނެ ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ކުރީ ސަރުކާރުން ދެމެހެއްޓެނިވިގޮތެއްގައި ދަރަނި ދެއްކޭނެ ނިޒާމެއް ގާއިމުކޮށްފައި ނެތުމުން އެކަމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކޮށްފައިވާއިރު މި ސަރުކާރުން ދަރަނި ދައްކަމުންދާނީ ދެމެހެއްޓެނިވިގޮތެއްގައި ކަމަށްވެސް ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
