
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ޚާރިޖީ ސިޔާސަތު ގާއިމުކުރުމުގައި މި ސަރުކާރުން މަސައްކަތް ކުރީ ދިވެހީންނަށް އެންމެ ފައިދާހުރި ގޮތް ހޯދަން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، ޚާރިޖީ ގުޅުންތަކުގެ ތެރެއިން މި ގައުމަށް އެންމެ ރަނގަޅު ސިޔާސަތު ހޯދުމަކީ ދިވެހީން އެންމެ ބޭނުންވާނެ ގޮތް ކަމަށާއި މިދިޔަ ދުވަސްތަކުގައި މަސައްކަތް ކުރީ އެ ގޮތަށް ކަމަށެވެ. އެގޮތުން، ވަރަށް ގާތް ގުޅުންތައް ހުރިހާ ގައުމަކާ އުފައްދާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ދުރު ގައުމުތައް ކަމަށް ވިޔަސް، ކުދި ބޮޑު ހުރިހާ ގައުމަކާ އެކީގައި މި ދަނީ ދިވެހީންނަށް އެންމެ ފައިދާ ހުރި ގޮތް ހޯދައިދިނުމަށްޓަކައި މަސައްކަތްކުރަމުން. މީގެ ތެރެއިން އެތައް ކާމިޔާބީއެއް ވެސް އެބަ ހޯދޭރައީސް ޑރ. މުޙައްމަދު މުއިއްޒު
އެ ގޮތަށް މަސައްކަތް ކުރުމުން ލިބޭ ކާމިޔާބެއްގެ ގޮތުގައި، ރައީސް ފާހަގަކުރެއްވީ، ވިސާއާ ނުލާ ދިވެހީންނަށް ދަތުރުކުރެވޭ ގައުމުތައް އިތުރުވުމެވެ. އޭގެއިތުރުން، މުހިންމު ގައުމުތަކުގައި އެމްބަސީތައް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެ ކަމުގެ ސަބަބުން އިންވެސްޓުމަންޓުތައް ރާއްޖެއަށް ލިބޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް، މިހާރު އައްޔަނުކޮށްފައި ތިބި ސަފީރުން އެހެން 27 ގައުމަކަށް ނޮން ރެޒިޑެންޓު ސަފީރުންގެ ގޮތުގައި އައްޔަނުކޮށްފައިވާ ކަން ފާހަގަކުރެއްވިއެވެ. އެ ކަމުގެ ބޭނުމަކީ، އެ ގައުމަށް ޚާއްސަ ސަފީރުން ލިބޭ ފައިދާ ބޮޑުވެފައި، ގުޅުން ބަދަހި ކުރުމަށް އެތައް ކުރިއެރުމެއް ލިބޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މި ސަރުކާރުން ވެރިކަމަށް އައީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކުރުމަށް ގޮވާލައި، ދިގު މުއްދަތަކަށް ކުރިއަށްގެންދިޔަ ކެމްޕޭނަކަށް ފަހުގައެވެ. އޭގެ ސަބަބުން ފުރަތަމަ ވެސް ސަރުކާރުން ލޭބަލް ވެފައި އޮތީ، ރާއްޖެއަށް އެންމެ ގިނައިން އެހީ ދޭ އެއް ގައުމު ކަމަށްވާ އިންޑިއާއާ ދުރު ސަރުކާރެއްގެ ގޮތުގައެވެ. އެއަށްފަހު މި ސަރުކާރުގެ ފުރަތަމަކޮޅު ނައިބު ވަޒީރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސް ކުރި މައްސަލައިގައި އާއި، އިންޑިއާއިން ރާއްޖެއަށް ‘ބުލީ’ ކުރާ ކަމަށް ދޭހަވާ މޭރުމަކުން ރައީސް ދެއްކެވި ވާހަކަފުޅާ ގުޅިގެން ދެ ގައުމުގެ ގުޅުން ގޯސްވިއެވެ. އޭގެ ފަހުން އިންޑިއާގެ ފަތުރުވެރިން މަދުވެ، ދާއިރާއަށް ގެއްލުންވި ކަމަށް ތަޖުރިބާކާރުން ވިދާޅުވެފައިވާއިރު، ފަހުން ސަރުކާރުން ވަނީ އިންޑިއާއާ ގުޅުން ބަދަހިކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
