
(ފޮޓޯ ކްރެޑިޓްސް: ޓްރަމްޕް އިންޓާރނޭޝަނަލް)
މާލެއިން ފުރައިގެން ގާތްގަނޑަކަށް 25 މިނެޓުން ދެވޭ ރަށެއްގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަމިއްލަ ވިޔަފާރި ކުންފުނި، ދަ ޓްރަމްޕު އޮގައިޒޭޝަނުން ރިސޯޓެއް ހަދާނެކަން މިއަދު އިއުލާނުކޮށްފިއެވެ. ބޭރުގެ ނޫސްތަކުގައި ލަގްޒަރީ ރިއަލް އެސްޓޭޓް ޑިވެލޮޕަރު، ޑާ ގްލޯބަލް އާއި ޓްރަމްޕް އޮގަނައިޒޭޝަނުން ނެރުނު ބަޔާނަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ރިސޯޓުގައި 80 އަށް ވުރެ ގިނަ އަލްޓްރާ ލަގްޒަރީ ބީޗާއި މޫދު ކޮޓަރި ހުންނާނެއެވެ. އެ ބަޔާނުގައި ވަނީ، ރިސޯޓު ހުޅުވުމަށް ހަމަޖެހިފައި ވަނީ، 2028ގެ ފަހުކޮޅު ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: އީޕީއޭ)
މީގެ އިތުރުން، މި މަޝްރޫއު ކުރިއަށްގެންދިޔުމަށް އިންވެސްޓަރުން ހޯދުމުގައި ބްލޮކްޗެއިން ޓެކްނޮލޮޖީ ބޭނުންކުރުމަށް ނިންމައިފައިވާކަން ވެސް ދެ ކުންފުނިން ހާމަކޮށްފައިވެއެވެ. މި ކަމާ ގުޅިގެން ޓްރަމްޕް އޯގަނައިޒޭޝަންގެ ނައިބު ރައީސް އަދި، ޓްރަމްޕުގެ ދަރިކަލުން އެރިކް ޓްރަމްޕު ވިދާޅުވީ، ރާއްޖެއަށް އެ ބްރޭންޑު ތައާރަފުވުކުރެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ޓްރަމްޕް އޯގަނައިޒޭޝަންގެ ހޮޓާތަކާއި ރިސޯޓުތައް އެމެރިކާގެ އިތުރުން ސްކޮޓްލެންޑާއި ދުބާއީގައި ވެސް ހިންގައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
