
(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާއިބެހޭ ވުޒާރާ)
ކުޅިވަރުގެ ދާއިރާއިން އަންނަ އަހަރު ރާއްޖޭގައި މުހިންމު ބޮޑު އިންވެސްޓްމެންޓެއްގެ ގޮތުގައި ހައި ޕަރފޯމެންސް ސެންޓަރެއް ޤާއިމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ހަފްތާ 104 ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެ ހައި ޕާފޯމެންސް ސެންޓަރު ވާނީ، އިރާދުކުރެއްވިއްޔާ ރާއްޖޭގައި ބައިނަލްއަޤުވާމީ މުބާރާތްތައް ބޭއްވުމަށް އެޅޭނެ އެންމެ މުހިންމު އަދި ފުރަތަމަ ފިޔަވަޅަށް ކަމަށެވެ. އަދި ރާއްޖޭގެ އެތުލީޓުން ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ޕްލެޓްފޯމުތަކުގައި ވާދަކުރާނަމަ ބޭރުގެ އެތުލީޓުން އައިސް، ރާއްޖޭގައިވެސް ތަމްރީނުތައް ހަދަން އެބަޖެހޭ ކަމަށާއި، ރާއްޖޭގެ ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް އެއީ ވަރަށް މުހިންމު މަޝްރޫއެއް ކަމަށް ރައީސް ވިދާޅުވިއެވެ.
“އެ ހައި ޕާފޯމެންސް ސެންޓު ވެގެންދާނީ އިރާދުކުރެއްވިއްޔާ ރާއްޖޭގައި ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވުމަށް އެޅިގެންދާނެ އެންމެ މުހިންމު އެންމެ ފުރަތަމަ ފިޔަވަޅަށް” ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ހައި ޕަރފޯމެންސް ސެންޓަރު ނެތްނަމަވެސް ރާއްޖޭގެ އެތުލީޓުން ވަރަށް ގިނަ ކާމިޔާބީތައް ހޯދާ ކަމަށާއި، އެގޮތުން ދާދިފަހުން ރާއްޖޭގެ އެތުލީޓުން ހޯދި ކުޅިވަރުގެ ކާމިޔާބީތައް ފާހަގަކުރެވޭ ކަމަށެވެ. ރާއްޖޭގައި ހައި ޕަރފޯމަންސް ސެންޓަރު އެޅުން ވާނީ ވާދަވެރި ކުޅިވަރުތައް ކުޅޭ އެތުލީޓުންގެ ކުރިއެރުމަށް ސަރުކާރުން ކުރައްވާ މުހިންމު އިންވެސްޓްމެންޓަކަށެވެ. ރާއްޖޭގައި ބައިނަލްއަޤުވާމީ ކުޅިވަރުތައް ކުޅެވޭނެ ވަސީލަތްތައް ފުރިހަމަކޮށް ސްޕޯޓްސް ކޮމްޕްލެކްސްތައް ޤާއިމުކޮށް ބައިނަލްއަޤުވާމީ ކުޅިވަރު މުބާރާތްތައް ރާއްޖެއަށް ގެނައުމަށް ސަރުކާރުން ވަނީ ބައެއް މަޝްރޫޢުތައް ފައްޓަވައިފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
