
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ފާއިތުވި ދެ އަހަރަކީ ދިވެހި ކުޅިވަރަށް ގިނަ ކާމިޔާބީތަކެއް ލިބުނު ދެ އަހަރެކެވެ. ބައިނަލްއަޤުވާމީ މުބާރާތްތަކުން ދިވެހިރާއްޖޭގެ ޓީމުތަކާއި އެތުލީޓުން ވަނީ 13 ރަން، 18 ރިހި، އަދި 24 ލޯ މެޑެލާއެކު ޖުމްލަ 55 މެޑެލް ހޯދައިފައެވެ. މި އަހަރުގެ ކާމިޔާބީތަކުގެ ތެރޭގައި، އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕުގެ ޖޫނިއަރ ކެޓެގަރީން މަރިޔަމް އީޝަލް މިސްބާހު ރިހި މެޑެލް ހޯދައި، ދިވެހި ޝޫޓިންގ ތާރީޚުގައި ބޮޑު ކާމިޔާބީއެއް ހޯދިއެވެ. ސާބާ ވިމެންސް ޗެމްޕިއަންޝިޕުން ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުން ފުރަތަމަ ފަހަރަށް ރިހި މެޑެލް ހޯދިއެވެ. އިންލައިން ސްކޭޓް ސީރީޒުން 10 މެޑެލް ލިބުނުއިރު، މާސްޓަރސް އެތުލެޓިކްސް މުބާރާތްތަކުން ޢަލީ ޝަރީފާއި ނާފިޒާ އަޙްމަދު ރަން މެޑެލް ހޯދިއެވެ. ޓޭބަލް ޓެނިސްގައި ޤައުމީ އަންހެން އަދި ފިރިހެން ޓީމުން ތިންވަނަ ހޯދިއިރު، ސައުތު އޭޝިއަން ސުޕަރ ކަޕްގެ ޗެމްޕިއަންކަން ރާއްޖެއަށް ލިބުނެވެ. ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙްމަދު މަހްލޫފް އޭޝިއަން ޔޫތު އޯޕަންއިން ތިން ރަން މެޑެލް ހޯދައި، ބައިނަލްއަޤުވާމީ މުބާރާތެއްގައި ރަން މެޑެލް ހޯދި ފުރަތަމަ ފަހަރު ފާހަގަ ކުރިއެވެ.
ސްޕެޝަލް އޮލިމްޕިކްސްގެ ބެޑްމިންޓަން މުބާރާތުން 3 ރިހި މެޑެލް ލިބުނުއިރު، މާޝަލް އާޓްސް މުބާރާތަކުން މުޙައްމަދު ސައިފް ޝާން ޢަބްދުالله ރަން މެޑެލް ހޯދިއެވެ. ސައުތު އޭޝިއަން ސީނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕުން އަންހެން ރިލޭ ޓީމުން ލޯ މެޑެލް ހޯދިއެވެ. ރާއްޖޭގައި ބޭއްވި ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފައިންގައި އަންހެން ޓީމުން ލޯ މެޑެލް ހޯދިއެވެ. ސާފިން ޓީމު ވަނީ 2026 ވަނަ އަހަރު ޖަޕާނުގައި އޮންނަ އޭޝިއަން ގޭމްސްއަށް ކޮލިފައިވެ، 18 އަހަރުން ދަށުގެ ފިރިހެން ކެޓަގަރީން ލޯ މެޑެލް ހޯދައިފައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، ރާއްޖޭގައި މިހާރު ވަނީ ބައިނަލްއަޤުވާމީ ގިނަ މުބާރާތްތަކެއް ބާއްވާފައެވެ. އޭގެ ތެރޭގައި ކުޅުދުއްފުށީގައި ބޭއްވި ފުރަތަމަ ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތް ހިމެނެއެވެ. މި މުބާރާތަށް ޚާއްސަކޮށް 600 މީހުންގެ ޖާގައިގެ ސްޓޭޑިއަމެއް ކުޅުދުއްފުށީގައި ޤާއިމުކުރެވުނުއިރު، މި މުބާރާތުން ދިވެހި ފިރިހެން ހޭންޑްބޯޅަ ޓީމުން ތިންވަނަ ހޯދިއެވެ. މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް ރާއްޖޭގައި 7 ބައިނަލްއަޤުވާމީ މުބާރާތެއް ވަނީ ބާއްވާފައެވެ. އޭގެ ތެރޭގައި ފީބާ 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފައިން، ކާވާ މެންސް ޗެމްޕިއަންސް ލީގު، އަދި ޓެނިހުގެ 4 ބައިނަލްއަޤުވާމީ މުބާރާތް ހިމެނެއެވެ. ޓެނިސް މުބާރާތްތަކުން އާރާ އާސަލް އާޒިމް އައިޓީއެފް މުބާރާތަކުން ރަން މެޑެލް ހޯދި ފުރަތަމަ ދިވެހި ކުޅުންތެރިޔާގެ ޝަރަފު ހޯދިއިރު، ނަބާ ނިޝާން ވެސް ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ.
މި އަހަރުގެ ނިޔަލަށް އިތުރު ތިން ބައިނަލްއަޤުވާމީ މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ހަތްވަނަ ކެރަމް ވޯލްޑް ކަޕް، ކާވާ ކަޕް ފޯރ ވިމެންސް، އަދި ކާވާ ވިމެންސް ޗެމްޕިއަންސް ލީގެވެ. ކެރަމް ވޯލްޑް ކަޕުގައި 20 ގައުމަކުން 200 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރާނެއެވެ. ސަރުކާރުން ވަނީ ގައުމީ އެތުލީޓުންގެ މުސާރަ މި އަހަރުގެ މެއި މަހުން ފެށިގެން 7000 ރުފިޔާއަށް ބޮޑުކޮށްފައެވެ. މީގެ ކުރިން ކުޅުންތެރިންނަށް 5000 ރުފިޔާ އަދި އޮފިޝަލުންނަށް 2500 ރުފިޔާ ދެމުން އައި ތަފާތު މިހާރު ނައްތާލާފައިވެއެވެ. އަދި ޤައުމީ އެތުލީޓުންނަށް ޚާއްސަ ޕެންޝަން ސްކީމެއް ތަޢާރަފުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ޚާއްސަ އިންޝުއަރެންސް ސްކީމެއް އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ތަޢާރަފުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
