
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމުގެ މަސައްކަތް އަންނަ އަހަރާއި އެއްކޮށް ރާއްޖޭގެ ހުރިހައި ސަރަޙައްދެއްގައި ނިމޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ “ހަފްތާ 104” ގެ ނަމުގައި ސަރުކާރަށް ދެ އަހަރުފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް އެންމެ މުހިއްމު އެއްކަމަކީ ފިޓްނަސް އެއްވަރެއްގައި ހިފެހެއްޓުންކަމަށެވެ. އެހެންކަމުން ރާއްޖޭގައި ޤާއިމުކުރަމުންދާ ފިޓްނެސް ސެންޓަރުތަކަކީ، ރާއްޖޭގެ ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރަކަށް ވާނެކަމެއްކަމަށް ރައީސް ހާމަކުރެއްވިއެވެ.
“ފިޓްނަސްގެ ދާއިރާއަށްވެސް ސަމާލުކަންދީގެން މުޅި ރާއްޖޭގެ ހުރިހައި ރަށެއްގައި އެންމެ ރަށެއްވެސް ދޫނުކޮށް، ހުރިހައި ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ހެދުމަށްޓަކައި ނިންމައި މިހާރު އެތައް ރަށެއްގައި ވަނީ ސޮއިކުރެވިފަ. އަންނަ އަހަރާ އެއްކޮށް ހުރިހައި ރަށެއްގައި ސެންޓަރުތައް ހަދާނަން” ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ އާބާދީއަކީ ހަށިހެޔޮ ދުޅަހެޔޮ އާބާދީއަކަށް ހެދުމުގެ އަމާޒުގައި ރާއްޖޭގެ ހުރިހައި ސަރަހައްދެއްގައި ޤާއިމުކުރަމުންދާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރެއިން ވަޢުދުފުޅެކެވެ. މި ވަޢުދާ އެއްގޮތަށް މި ސެންޓަރުތައް ބިނާކުރުމުގެ މަސައްކަތް ޢަމަލީ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ވަނީ ފަށާފައެވެ. މިސެންޓަރުތަކަކީ އިންޑޯ ކުޅިވަރުތަކާއި، އެކިކަހަލަ އިންޑޯ ގޭމް ކުޅެވޭގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ. އަދި މިތަންތަނުގައި އެރޮބިކްސް ސްޓޫޑިއޯތަކާއި އިންޑޯ ޖިމްތައް ހުންނާނެއެވެ.
ރާއްޖޭގައި ޤާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާވެ އެންމެން އެކުވެ މުނިފޫހި ފިލުވާލުމަށް މިމަރުކަޒުތައް ބޭނުންކުރެވޭނެއެވެ. މިތަންތަން ވާނީ ސިއްހީ ގޮތުން ދުޅަހެޔޮ އާބާދީއެއް ބިނާކުރެވި، އިޖުތިމާޢީ ގުޅުންތައް ވަރުގަދަކޮށްދޭނެ ބިނާތަކަކަށެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
