
އަންނަ އަހަރަށް ތާވަލުކޮށްފައިވާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ބާއްވަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ޝައުގުވެރިކަން ފާޅުކޮށްފިއެވެ. އެފްއޭއެމްއިން އާންމުކުރި ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކުރިއަށް އޮތް 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަން ޝައުގުވެރިކަން ފާޅުކުރުމަށް އެފްއޭއެމްގެ ހިންގާ ކޮމިޓީން އެއްބަސްވެފައިވާ ކަމަށެވެ. އަންނަ އަހަރުގެ މާޗު އަދި އޭޕްރީލް މަހު 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ބާއްވަން ތާވަލުކޮށްފައިވާއިރު، މި މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ޝައުގުވެރިކަން ފާޅުކޮށް، އެފްއޭއެމްއިން ވަނީ އެކަން ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އަށް ރަސްމީކޮށް އަންގާފައެވެ.
އެފްއޭއެމްއިން ބުނީ މި ނިންމުމަކީ ޔޫތު ފުޓްބޯޅަ ހަރުދަނާކުރުމަށް އެ އިދާރާއިން ކުރަމުންދާ މަސައްކަތް ދައްކުވައިދޭ ނިންމުމެއް ކަމަށާއި، އަދި ޒުވާން ކުޅުންތެރިންނަށް ބައިނަލްއަގުވާމީ ތަޖުރިބާ ހޯދައިދޭން ކުރަމުން އަންނަ މަސައްކަތުގެ ބައެއް ކަމަށެވެ. އަދި މި ފުރުސަތު ލިބިއްޖެ ނަމަ މި ފެންވަރުގެ މުބާރާތެއް ބާއްވާނެ ގާބިލުކަމާއި، އެކަމުގެ ފޯރި ރާއްޖޭގައި އެބައޮތް ކަމަށްވެސް އެފްއޭއެމްގެ ބަޔާނުގައި ވަނީ ބުނެފައެވެ. ރާއްޖޭގައި މީގެ ކުރިންވެސް ވަނީ ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއް ބާއްވާފައެވެ. އެގޮތުން ސާފްގެ މުބާރާތްތަކަށް ބަލާއިރު، ސްރީ ލަންކާއާ ގުޅިގެން 2008 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕާއި، 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ހިމެނެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
