
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ސިޔާސީ އެހެން ލީޑަރުންނަށް އަޅުއްވަން ކެރިވަޑައިނުގަތް ފިޔަވަޅުތަކެއް އެޅުއްވި ޖެހިލުން ކުޑަ ސިޔާސީ ލީޑަރެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން 2 އަހަރުވުމުގެ މުނާސަބާގައި ޕީއެސްއެމް ނިއުސްއަށް ދެއްވި ޙާއްސަ އިންޓަވިއުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ ކިތަންމެ ރަނގަޅު ނިންމުމެއް ނިންމެވި ނަމަވެސް، ސަރުކާރުގެ ސިޔާސަތުތަކަށް އިދިކޮޅުން ފާޑުކިޔުމަކީ ރާއްޖޭގެ ސިޔާސީ މަސްރަޙުގެ އާދަކަމަށެވެ. ފެންނަމުންދަނީ ރައްޔިތުން ޤަބޫލުކުރާ ރަނގަޅު ނިންމެވުންތަކެއް ނިންމަވައި، ހަރުދަނާ ސިޔާސަތުތަކެއް ތަންފީޒުކުރައްވަމުން ދާކަންކަމަށް ނައިބް ރައީސް ވިދާޅުވިއެވެ. މީގެ ކުރިން ވެރިކަންކުރެއްވި ރައީސުންނަށް ކެރިވަޑައިނުގެންނެވި ރައްޔިތުންގެ ނަފުސާނީ އަދި ޞިއްޙީ ދުޅަހެޔޮކަމަށްޓަކައި މުހިންމު ނިންމެވުންތަކެއް ރައީސް ނިންމަވާ މިހާރު ތަންފީޒުކުރަން ފަށާފައިވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
“ވޭޕް މަނާކުރުމާއި ޑްރަގާ ގުޅޭގޮތުން ބޮޑެތި އޮޕަރޭޝަންތައް ކުރިއަށްގެންދިއުން މިއީ ކުރިން ފެނިފައިވާ މަންޒަރުތަކެއް ނޫން. މިއީ ކުރީގެ ރައީސުންނަށް ކެރިވަޑައިނުގަތް ނިންމެވުންތަކެއް ނިންމަވަން.” ނައިބު ރައީސް ވިދާޅުވިއެވެ. ނައިބު ރައީސް ވިދާޅުވީ ސަރުކާރުން ނިންމެވުންތައް ނިންމަވާއިރު، އެއާ ގުޅިގެން އަންނަ އެހެނިހެން ކަންކަމަށްވެސް ރިޢާޔަތްކުރައްވާ ހަރުދަނާކަމާއެކު ކަންކަން ތަރުތީބުކުރައްވާ ކަމަށެވެ. މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް މަސައްކަތް ފެއްޓެވިއިރު، ތަންފީޒުކުރާ އިދާރާތަކަށް ޤާނޫނީ ބާރުވެރިކަންދީ، އެ މީހުން އަނބުރާ މުޖުތަމަޢަށް ނެރެވޭނެ ރީހެބިލިޓޭޝަން ނިޒާމުތައް ހަރުދަނާކުރެއްވިކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޙައްޤުތައް ފޯރުކޮށްދިނުމަށްވެސް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށާއި، އަދި އެކިއެކި ޚިދުމަތްތައް ލިބުމުގައި ލުއި ފަސޭހަ ގޮތްތައް ސަރުކާރުން ހަމަޖައްސަވައި ދެއްވަމުންދާކަންވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. މިސަރުކާރުގެ ވެރިކަމުގެ ތެރެއިން ހެޔޮ ވެރިކަމެއްގެ ސިފަތައް ފެންނަމުންދާކަމަށް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން މިފަހުންވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މުހިންމު ނިންމެވުންތަކެއް ނިންމަވާފައެވެ. ރަމަޟާން މަހުގެ ކަރަންޓު ބިލު 400އަށް ރުފިޔާއަށްވުރެ ބޮޑުނުވާނެ ގޮތަށް ހަމަޖެއްސެވުމާއި ރޯދަ ހަދިޔާގެ ގޮތުގައި ޢާންމުކޮށް އެ މަހު ދިވެހިން ބޭނުންކުރާ ތަކެތި ދެއްވުމާއި ރައްޔިތުންނަށް ތަކުލީފަކަށްވާ މިންވަރަށް އަގު ބޮޑުވެފައި ހުރި އަސާސީ ކާބޯތަކެތީގެ ބާވަތްތައް ހެޔޮ އަގެއްގައި ސަރުކާރު މެދުވެރިކޮށް ވިއްކަން ފެށުން ފާހަގަކޮށްލެވެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
