
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް 104 ހަފްތާ ވީއިރު، ޤައުމުގެ އިޤްތިޞާދު ވަނީ ބަނގުރޫޓުވުމުގެ ތުންފަތްމަތިން ސަލާމަތްކޮށްފައެވެ. ސަރުކާރު ވެރިކަމާ ހަވާލުވިއިރު ފެންނަން އޮތީ ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންވެސް ފާހަގަކުރި ނަތީޖާއެއް ނެރެނުލެވޭ ބޮޑެތި ޚަރަދުތަކެއް ކޮށްފައިވާ ދައުލަތެކެވެ. މާލިއްޔަތު ޤަވާއިދާ ޚިލާފަށް އޮޅުވާލުމުގެ ބޮޑެތި މައްސަލަތައް ފެންމަތިވެ، ޒިންމާދާރުކަމެއް ނެތި ދައުލަތުގެ ބައިތުލްމާލު ބަލަހައްޓާފައިވާކަން ފާހަގަވެފައި އޮތެވެ. މި ހާލަތު ބަދަލުކުރުމަށް ރައީސް މުޢިއްޒުގެ ސަރުކާރުން ވަނީ ހަރުދަނާ ބަދަލުތަކެއް ގެނެސްފައެވެ. ފުރަތަމަ އަހަރު ޒިންމާދާރުކަން އިސްކުރެއްވިއިރު، ދެވަނަ އަހަރު ޚަރަދަށް ޒިންމާވުމުގެ ޤާނޫނު އުވާލައި، ފިސްކަލް ޒިންމާގެ އައު ޤާނޫނެއް ތަޢާރަފްކުރެއްވިއެވެ. މި ޤާނޫނުގެ ދަށުން ކޮންމެ ފަސް އަހަރަކުން ފިސްކަލް ސިޔާސަތުގެ ޗާޓަރެއް އެކުލަވާލައި، ޚަރަދުތަކަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހެއެވެ. މިއަހަރު ޚަރަދުތައް ކުޑަކޮށް، ޓެކްސް ޤާނޫނަށް ގެނެވުނު އިސްލާހުތަކާއެކު އާމްދަނީ އިތުރުކޮށް، ދައުލަތުގެ އާމްދަނީ ފަރުޖެއްސުމަށް ސަރުކާރުން އިސްކަންދިނެވެ. މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް 40 ހަފްތާއަށް ވުރެ ގިނަ ހަފްތާ ހިންގާފައިވަނީ އަރަނިކޮށެވެ.
ރައްޔިތުންގެ ދިރިއުޅުމަށް ފަސޭހަ ކުރުމުގެ ގޮތުން، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ޤާއިމްކޮށްދީ، މާލީ ބާރުވެރިކަން އިތުރުކުރިއެވެ. އަދި އަސާސީ ކާބޯތަކެތީގެ 23 ބާވަތެއްގެ އަގު ހެޔޮކޮށް، ރައްޔިތުންނަށް ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސިއެވެ. އިޤްތިޞާދީ ގޮތުން އާ ފިޔަވަޅެއްގެ ގޮތުން، މީގެ ކުރިން ރާއްޖެއަށް އެތެރެނުކުރާ ވީއެލްއެސްއެފްއޯ ތެޔޮ އެތެރެކޮށް ބަންކަރިންގ ޚިދުމަތް ތަޢާރަފްކޮށް 180 މިލިޔަން ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައިވެއެވެ. ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވުމަށް އިސްކަންދިނުމުން ފަތުރުވެރިކަމުގެ ސިނާޢަތަށް ދީފައިވާ އަހައްމިއްޔަތު ހާމަވެއެވެ. އިޤްތިޞާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތުން ބަދަލުކުރުމަށް އެސްއީޒެޑް ޤާނޫނަށް ޒަމާނީ ބަދަލުތައް ގެނެސް، މަދުވެގެން 500 މިލިޔަން ޑޮލަރު އިންވެސްޓް ކުރާ ދެމެހެއްޓެނިވި ޓައުންޝިޕް މަޝްރޫޢުތައް ކުރިއަށްގެންދެވުމަށް މަގުފަހިކުރިއެވެ. އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ރެޒިޑެންޓް ވިސާ ނިޒާމެއް ތަޢާރަފްކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދެއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މިއަދު ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީއަކީ ބަނގުރޫޓުވުމަށް ޑިޒައިންކޮށްފައި އޮތް އިޤްތިޞާދު ހަރުދަނާ ސިޔާސަތެއްގެ ދަށުން ސަލާމަތްކުރުމެވެ. އަމިއްލަ ފަރާތްތަކަށް 206 މަޝްރޫޢު ހަވާލުކޮށް، 53 ކުންފުނި އެއްފަހަރާ މަސައްކަތްކުރާ ވަރުގެ އިޤްތިޞާދެއް ބިނާކުރެވި، ބަޖެޓަށް ބަރޯސާނުވެ މަސައްކަތްތައް ފަށާފައިވެއެވެ. މި ހުރިހާ ކާމިޔާބީއެއް ހޯދާފައިވަނީ ދަރަނި އަދާކުރަމުން ދަނިކޮށް، ސަރުކާރުން ދައްކަންޖެހޭ އެއްވެސް ދަރަންޏެއް ދެއްކުމުގައި ލަހެއް ފަހެއްނެތި، ބާރު ދުވެލީގައި ދައުލަތުގެ ހިންގުން ކުރިއަށް ގެންދެވޭތީއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
