
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ދެކުނު ލުބްނާންގައި ހަރަކާތްތެރިވާ އެކުވެރި ދައުލަތްތައް (އދ)ގެ ޞުލްޙަ ބަލަހައްޓާ ފައުޖުގެ މެންބަރުންތަކަކަށް ޔަހޫދީން ޙަމަލާދީފިއެވެ. ލުބުނާނުގެ އަލް ޙަމާމިޞް ސަރަޙައްދުގައި ދީފައިވާ އެ ޙަމަލާގައި ޞުލްޙަ ބަލަހައްޓާ ފައުޖުގެ އެއްވެސް މެންބަރަކަށް ޒަޚަމްވެފައެއް ނުވެއެވެ. ލުބުނާނުގައި ޙަރަކާތްތެރިވާ އދގެ އިންތިޤާލީ ފައުޖު (ޔޫނިފިލް)އިން ބުނީ ޔަހޫދީން ޙަމަލާ ދީފައި ވަނީ ފައިމަގުގައި ހިނގާފައި ދިޔަ ދެ ސިފައިންނަށް އަމާޒުކޮށް ޓޭންކަރެއްގައި ތިބެ ކަމަށެވެ. މެޝިން ގަން ބޭނުންކޮށްގެން ދިން މި ޙަމަލާގައި ޞުލްޙަ ބަލަހައްޓާ ފައުޖުގެ ސިފައިންނާ ފަސް މީޓަރު ކައިރިއަށް ވަޒަން އެރި ކަމަށް އެ ފައުޖުން ބުނެއެވެ. އެއާއެކު އެ ދެ ސިފައިންނަށް ރައްކާތެރިކަން ހޯދުމަށް މަޖުބޫރުވި ކަމަށް ވެސް ބުނެފައިވެއެވެ. އެ ޓޭންކަރު ފަހަތަށް ޖެހިފައި ވަނީ ޞުލްޙަ ބަލަހައްޓާ ފައުޖުން ރަސްމީކޮށް ޔަހޫދީ އަސްލަރިއްޔާއާ ގުޅައި ވާހަކަދެއްކުމުންނެވެ.
އދން ވަނީ ޔަހޫދީންގެ ޙަމަލާއަކީ އދގެ ސަލާމަތީ މަޖިލީހުގެ ޤަރާރު ނަންބަރު 1701އާ ޚިލާފަށް ދީފައިވާ ޙަމަލާއެއް ކަމަށް ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޤަރާރުގައި ބަޔާންކޮށްފައިވާ ގޮތުގައި ދެކުނު ލުބުނާނުގައި އދގެ ޞުލްޙަ ބަލަހައްޓާ ފައުޖުގެ މެންބަރުންނާއި ލުބުނާނުގެ އަސްކަރިއްޔާ ފިޔަވައި އިތުރު ހަތިޔާރުއެޅި ފައުޖަކަށް ޙަރަކާތްތެރި ނުވެވޭނެއެވެ. ލުބުނާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ޤައުމުގެ އިސްތިޤުލާލާ ދެކޮޅަށް ޔަހޫދީން ދެމުންދާ ޙަމަލާތަކުގެ ސަބަބުން އެ ޤައުމުގައި ހަމަނުޖެހުމާއި ހަލަބޮލިކަން އުފެދެމުން ދާ ކަމަށެވެ. އަދި އޭގެ ސަބަބުން ލުބުނާނުގެ އަސްކަރިއްޔާއަށް ދެކުނު ލުބުނާނުގައި ޙަރަކާތްތެރިވުމަށް ހުރަސްއެޅޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ލުބުނާނުގެ ފަސް މަޤާމެއްގައި ޔަހޫދީ އަސްކަރިއްޔާއިން ޙަރަކާތްތެރިވެއެވެ. އީރާނުން ވާގިވެރިވާ ޙިޒްބުاللهއަށް އަމާޒުކޮށް ކަމަށް ބުނެ ދެކުނު ލުބުނާނަށް ވަރަށް ގިނައިން ޔަހޫދީ އަސްކަރިއްޔާއިން ވައިގެ ޙަމަލާތައް ދެއެވެ. މި ދިޔަ އަހަރުގެ ތެރޭގައި ޔަހޫދީންނާއި ޙިޒްބުاللهއިން ވަނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެއްބަސްވުމެއް ޤާއިމްކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން ލުބުނާނުގެ ދެކުނުގައި ޙަރަކާތްތެރިވާ އެ ޤައުމުގެ ހަތިޔާރުއެޅި ޖަމާޢަތްތަކުން ހަތިޔާރު ބެހެއްޓުމާއި، ޔަހޫދީ އަސްކަރިއްޔާއިން ލުބުނާނުން ފޭބުމަށް ޝަރުތުކުރެއެވެ. ނަމަވެސް އެ އެއްބަސްވުމާ ޚިލާފަށް ޔަހޫދީން ދަނީ ތަކުރާރުކޮށް ލުބުނާާނަށް ވައިގެ ޙަމަލާތައް ދެމުންނެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
